ހަފުތާއެއް ވަންދެން ފްލިޕް (ފަތްޖެހޭ) ފޯނު ބޭނުންކޮށްގެން 1000 ޑޮލަރު ހޯދުމުގެ ފުރުސަތު، ފުރަތަމަ ފަހަރަށް ފްލިޕް ފޯނެއް އުފެއްދި ޔޫޓާގެ އިންޓަނެޓް އަދި ފޯނު ކުންފުނި ފްރޮންޓިއާ ކޮމިއުނިކޭޝަންސްއިން ހުޅުވާލައިފިއެވެ.

އަދުގެ ޒަމާނީ ފެޝަނަށް ބަލާއިރު، ފަތްޖެހޭ ފޯނަކީ "ކަޓު" ފޯނަކަށް އޮންނަނީ ވެފައެވެ.

ހަފުތާއެއްގެ މުއްދަތަށް ސްމާޓްފޯނު ދޫކޮށްލުމަށްފަހު ފްލިޕް ފޯނު ބޭނުންކުރާ ފަރާތްތަކަށް 1000 ޑޮލަރުގެ ހަދިޔާއެއް ދިނުމަށް ފްރޮންޓިއާ ކޮމިއުނިކޭޝަންސްއިން ނިންމާފައިވަނީ އެކުންފުނީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ.

މި ޕްރޮގްރާމްގެ ދަށުން ފްލިޕް ފޯނު ބޭނުން ކުރާ ފަރާތުން ޓެކްސްޓް މެސެޖާ އީމެއިލް ލިޔުމަށް ހޭދަވާ ވަގުތާ، ނިދާ ވަގުތާ، އެ ހަފުތާގެ ތެރޭގައި އޭނާގެ މަސައްކަތްތެރިކަމަށް އަންނަ ބަދަލުތައްވެސް ލޮގުކުރަންޖެހެއެވެ.

މިއީ ފްރޮންޓިއާ ކޮމިއުނިކޭޝަންސްއިން ކުރިއަށްގެންދާ ތަޖުރިބާ ޕްރޮމޯޝަނެކެވެ.

https://youtu.be/7f4ux8fwm0g

މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 30000 އަށްވުރެ ގިނަ މީހުން ހަށަހަޅާފައިވާކަމަށާ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވިދާނެކަމަށް ފްރޮންޓިއާ ކޮމިއުނިކޭޝަންސްއިން ބުނެއެވެ. އަދި ޕޮއިންޓް ކުރަން ބޭނުންނަމަ، އެމީހަކީ ސޯޝަލް މީޑިއާގައި "އެކްޓިވް" މީހަކަށްވާންޖެހޭ ކަމަށްވެސް ފްރޮންޓިއާ ކޮމިއުނިކޭޝަންސްއިން ބުނެއެވެ.

ފްރޮންޓިއާ ކޮމިއުނިކޭޝަންސްއިން ހުޅުވާލާފައިވާ އާދަޔާ ހިލާފު ޕްރޮގްރާމްގައި 1000 ޑޮލަރު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން މާކްސް ހޯދާ 1 ފަރާތަކަށެވެ.