އާންމު ސާފުތާހިރުކަމަށް އެންމެ އާންމުކޮށް ބޭނުންކުރަންޖެހޭ އެކައްޗަކީ ދަތް އުނގުޅާ ބުރުހެވެ. މިއީ އަނގަޔަށްލާ އެއްޗަކަށް ވާއިރު ހުރިހާ ގޮތަކުންވެސް މިއީ ޖަރާސީމު ބޮމެކަށްވެދާނެއެވެ. އަނގައިގައި ހުންނަ ޖަރާސިމު ނައްތާލަން ބޭނުންކުރާ ބޭސް ޖަހައިގެން ދަތް އުނގުޅުމަށްފަހު ބުރުސް ބަހައްޓާނެތަނަކާ މެދު ކުރެވޭ ބަހުސަކީ އަދިވެސް ހައްލެއް ނުހޯދި އޮތް ބަހުސެކެވެ.

ކިތަންމެ ވަރަކަށް ވިސްނި ކަމުގައި ވީ ނަމަވެސް ބުރުސް ރައްކާ ކުރާނެ ގޮތެއް ނުވިސްނޭ ފަހަރު އާދެއެވެ. ފާހަނާ ތެރޭގައި ބުރުސް ބަހައްޓައިފިނަމަ ފާހާނަ ތަށިން އަރާ ޖަރާސީމު އޭގައި އަށަގަތުމުގެ ބިރު އޮވެއެވެ. ކޮޓަރިއަށް ގެނެސްފިނަމަ އާންމު ދިރިއުޅުމުގައި ބޭރުވެގެންދާހާ ޖަރާސިމާކާ ހުރިހާ ކުންފުންޏެއް އޭގައި ހަރުލައެވެ. ޑްރެސިންގް ޓޭބަލް މަތީގައިވެސް ބެހެއްޓެން ނޯންނަނީ ބޯއޮމާން ކުރާއިރާ، މޭކަޕްކޮށް ހަދާއިރު ބޭރުވާ ކުނޑިއާއި ބޮޑީސްޕްރޭގެ ސަބަބުންކަމަށްވާއިރު، ކަބަޑަށް ނޫނީ ވަތްގަނޑަކަށް ބުރުސް ނުލުމަށް ސިއްހީ ތަޖުރިބާކާރުން އިރުޝާދެއްވައެވެ. މިގޮތަށް ކަބަޑަށް ބުރުސް ލާނަމަ އޭގައި ހުންނަ ޖަރާސީމުތައް "ތަތްމުޑު"ވާގޮތްވެއެވެ.

އެހެންވީއިރު، ބުރުސް ބަހައްޓަންވީ ކޮންތާކު، ކިހިނެއް ހެއްޔެވެ؟ މި ސުވާލަށް ކަނޑައެޅިގެން ދޭނެ ޖަވާބެއް ނެތް ނަމަވެސް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން އެއްފަހަރުން އަނެއް ފަހަރަށް ބުރުހުގެ ނަރުތައް މުޅިން ހިކޭނެ ފަދަ ގޮތަކަށް ބުރުސް ބެހެއްޓުމަށް ސަމާލުވާންވާނެއެވެ. މިގޮތަށް ބުރުސް ބަހައްޓަންވާނީ ވަރަށް ރަނގަޅަށް ދޮވެ، ސާފުކުރުމަށްފަހުގައެވެ. ދަތްއުނގުޅާ ބޭހުގެ އެއްވެސް އަސަރެއް ބުރުގައި ނެތްކަން ޔަގީން ކުރަންވާނެއެވެ.

ދެން އޮތީ އަނެކުންނާ ބުރުސް ހިއްސާ ނުކުރުމެވެ. އަދި އެއްތައްޓަކަށް ބުރުސްތައް ޖަހައި މަސްހުނިކޮށްގެން އުޅޭ އިރު އަނެއް މީހާގެ ބުރުހުގެ ނަރުތައް ތިބާގެ ބުރުގެ ނަރުތަކުގައި ނުޖެހޭނެހެން ބެހެއްޓުމުން، ހިސާބަކަށް ޖަރާސީމުން ސަލާމަތްކުރެވިދާނެއެވެ.

ހަޑިތަނަކަށް ވެއްޓި ބުރުސް ނަޖިސްވުމުގެ ކުރިން، އެންމެ ލަސްވެގެން ކޮންމެ 3 މަހަކުން ބުރުސް އާކުރަންވެސް ހަނދާން ކުރަންވާނެއެވެ.