ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން ދައްކުވައިދެނީ ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މުހިންމުކަން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅުން އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ އިތުރުން ތަފާތު ރޮނގު ރޮނގުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގިނަ އެއްބަސްވުންތަކެއްގައި ދެގައުމުން ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ކުރިޔަށް ދަނީ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަރެންދްރަ މޯދީގެ ރަސްމީ ބައްދަލުކުރެއްވުމެވެ.
މޯދީގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖޭން ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.