އިންޑިއާގައި ނިމި ދިޔަ އިންތިހާބުން ކާމިޔާބު ހޯއްދެވުމަށްފަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ މޯދީ ރާއްޖެއަށް ވަޑައިގަތުމަށްފަހު ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިރުއޮއްސި 6:45 ގައި މިއަދު މަޖިލީހުގައި ބާއްވާ ޖަލްސާގައި މޯދީ ތަގުރީރު ކުރައްވާނީ އިންޑިއާގެ ރަސްމީ ބަސް ކަމަށްވާ ހިންދީ ބަހުންނެވެ. މޯދީ ތަގުރީރު ދެއްވަމުން ގެންދަވާ އިރު، ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން ހަމަޖައްސާފައި ވަނީ ހަމަ އެކަނި މަޖިލިސް މެންބަރުންނަށެވެ.

މޯދީ ރާއްޖެއަށް މިއަދު ވަޑައިގަންނަވާ އިރު، އެމަނިކުފާނަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބު އަރުވަން ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ގައުމެއްގެ އިސް ވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެވެ. މީގެ ކުރިން ވެސް މި ލަގަބު ބޭރުގެ ބައެއް އިސް ވެރިންނަށް އަރުވާފައި ވެއެވެ.

މޯދީގެ ދަތުރުފުޅުގެ ތަފްސީލު

  • މޯދީ ރާއްޖެ ވަޑައިގަންނަވާނީ މެންދުރުފަހު
  • މޯދީއަށް މަރުހަބާ ދެންނެވުން ޖުމްހޫރީ މައިދާނުގައި
  • ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއި ކުރުން ރައީސް އޮފީހުގައި
  • އިންޑިއާ އިން ދިން ރާޑަރު ސިސްޓަމާއި ސިފައިންގެ ޓްރެއިނިންގް ސެންޓަރު އިފްތިތާހުކުރުން
  • ޖޮއިންޓް ޕްރެސް ކޮންފަރަންސް
  • ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުން
  • ރައީސް ސޯލިހު ދެއްވާ ހާއްސަ ޖާފަތް
  • ރާއްޖޭ ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސީ ލީޑަރުންނާ ބައްދަލުކުރެއްވުން

އިތުރަށް ވިދާޅުވޭ...