އާދަޔާ ހިލާފު ބޮޑު ކާމިޔާބީއަކާއެކު އިންޑިއާގެ 17 ވަނަ އާންމު އިންތިހާބު ކާމިޔާބުކޮށް އިންޑިއާގެ އާސަރުކާރުގެ ވެރިކަން، ބާރްތިޔާ ޖަނާތާ ޕާޓީއިން ނެގުމާއެކުހެން 'ގައުމީ' ފިކުރަކަށް ވީ ކުރިންވެސް އޮތް މުސްލިމުންނާ ދެކޮޅު ފިކުރު ކަމާމެދު ޝައްކެއްވެސް ނެތް ކަމަށް ދެކުނު އޭޝިއާގެ ސިޔާސީ މަސްރަހުގެ ޚަބަރުތައް ވޮޝިންގްޓަން ޕޯސްޓަށް ތިލަކުރަމުންދާ ފްރީލާންސް ޖާނަލިސްޓް އަމާން މަދާންއެވެ.

އަމާން މަދާންގެ ވާހަކަތަކަށް ބާރުދޭ ހެކިތައް، އިންޑިއާގެ އަދުގެ ސަރުކާރަށް ބަލާލުމުންވެސް އެހުރީ ފެންނާށެވެ. ބީޖޭޕީ އާއި ސަރުކާރުގެ ލީޑާޝިޕުން މިހާރުވެސް ފެންނަން ތިބީ އެކި ދުވަސް މަތިން މުސްލިމުންނަށް ފުރައްސާރަކޮށް ގޯނާ ކުރި ބައެކެވެ. އޭގެ ތެރޭގައި ދެކުނު އިންޑިއާ ސަރަހައްދުގައި 6 މުސްލިމަކަށް ހަމަލާ ދީ ފުރާނަ ދުއްވާލި ހާދިސާގެ ތުހުމަތު އަމާޒުވާ ޕްރަގްޔާ ސިންހް ޓާކޫރުގެ އިތުރުން، އިންޑިއާއަށް ހިޖުރަކޮށްފައިވާ މުސްލިމުންނަކީ އިންޑިއާގެ ވިމަށް ވެރިވެގެންފައިވާ "ތަންމަކުނު"ތަކެއްގެ ގޮތުގައި ސިފަކުރި ބީޖޭޕީގެ ލީޑަރު އަދި މިހާރުގެ ހޯމް މިނިސްޓަރު އަމީތު ޝާހު ފާހަގަކުރެވެއެވެ.

ހިތާމަ ހުރި ކަމަކީ ބީޖޭޕީއިން އުފެއްދި މުސްލިމުންގެ ގޮފީގެ ގޮތުގައި ތައާރަފުކޮށްދެވިގެން އައި އެމް.އާރް.އެމްއަކީވެސް ހިންދޫ އެޖެންދާ ކުރިއަށް ނެރުމަށް ތާއީދުކުރާ ގޮތްޕެއްކަމެވެ. މި ޖަމާއަތް ވެފައިވަނީ ހިންދޫ ގައުމިއްޔަތުގެ ރޫހު ޕްރޮމޯޓްކުރާ ޖަމިއްޔާއަކަށެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދީފައިވާ އުމުރުން ދުވަސްވީ މުސްލިމެއް/ފޮޓޯ: ގެޓީއިމޭޖަޒް

ބީޖޭޕީގެ ލީޑާޝިޕުން ހަގީގީ މުސްލިމަކު ފެނުމަށް އިންޑިއާގެ މުސްލިމު އާބާދީތަކުން ގޮވާލި ގޮވާލުމަށް ބީޖޭޕީއިން ދިނީ ބީރުކަންފަތެކެވެ. އާސަރުކުގެ ގޮނޑިތައް ފުރިގެންދިޔަ ގޮތް އެކަމަށް ބާރުދެއެވެ. އިގުތިސޯދީ ހަރަކާތްތަކާ އަސާސީ ތައުލީމުގެ ފުރުސަތުން އިންޑިއާގެ މުސްލިމުން މަހްރޫމުވެފައިވާކަމަށް 2006 ވަނަ އަހަރު އެކުލަވާލި ކޮމިޝަނަކުން ބުނެފައިވާއިރު، މިހާރުގެ ހާލަތު ވަކިން ބޮޑަށް ގޯސްވެފައިވާކަމަށް ވޮޝިންގްޓަންޕޯސްޓްގެ ޖާނަލިސްޓު ވަނީ ފާހަގަކޮށްފައެވެ.

މުސްލިމުންނާ ދެކޮޅަށް ބީޖޭޕީއިން ގެންގުޅުނު ސިޔާސަތުތައް ބަދަލުކުރުމުގެ ބަދަލުގައި އެމް.އާރް.އެމް ފެނިގެންދިޔައީ ދިމާ އިދިކޮޅަށް ވަކާލާތު ކުރާތީއެވެ. 3 ފަށް ވަރިއަކުން ވަރިކުރުމަށް އިސްލާމް ދީނުގައި އޮންނަ ހުއްދަ އިންޑިއާގެ މުސްލިމުންނަށް ބާތިލުކުރުމަށް ބީޖޭޕީއިން ނިންމި ނިންމުމަށްވެސް އެމް.އާރް.އެމްއިން ކުރީ ތާއީދެވެ.

ހައްދުފަހަނައަޅާފައިވާ ހިންދޫއިން 1992 ވަނަ އަހަރު ބިމާ ހަމަކޮށްލި ބަރުބަރީ މިސްކިތުގެ އިމާރާތް ހުރި ބިމުގައި ފަޅިއެއް އަޅަންވެސް އެމް.އާރް.އެމްއިން ތާއީދުކުރިއެވެ. މުސްލިމު އާބާދީގެ ކަންބޮޑުވުންތަކާއެކުގައިވެސް އެ ބިމުގައި ފައްޅި ބިނާކުރުމަށް ބީޖޭޕީގެ ސަރުކާރުން ސުޕްރީމް ކޯޓުގައި މަސައްކަތްކުރިއެވެ.

ހައިރާންކުރުވަނިވި އެންމެ ބޮޑު އެއް މައްސަލައަކީ، އިންޑިއާއަށް ހިޖުރަކުރާ މީހުންގެ ތެރެއިން ހިންދޫން ފިޔަވާ އެހެން ބަޔަކަށް ރަށްވެހިކަން ނުދިނުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށްވެސް އެމް.އާރް.އެމްއިން ތާއީދުކުރަން ނިންމި މައްސަލައެވެ.

އިންޑިއާގައި މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދެއް ރައްޔިތުން އިންތިހާބުގައި ވޯޓުދޭން ސަފު ހަދާފައި/ފޮޓޯ: ގެޓީއިމޭޖަޒް

ހިތާމައަކީ މުސްލިމުންގެ އައިޑެންޓީޓީ ކާޑު ހިފައިގެން "މުސްލިމު" ގޮފިން މުސްލިމުންގެ ދިފާއުގައި ބީޖޭޕީގެ ސަރުކާރެއްގައި ހިންދޫއިން ދިފާއުކޮށް އެބައިމީހުންނަށް ކުރި ހޯދާދޭން ވަކާލާތު ކުރާކަމެވެ. މީގެ އިތުރުން އިންޑިއާގެ ހިންދޫ ވެރިންގެ ފިކުރާ އެއްގޮތަށް އިސްލާމީ ތައުލީމު "ރީބްރޭންޑް" ކުރުމަށްވެސް އެމް.އާރް.އެމްއިން މަސައްކަތްކުރި ކަމަށް އަމީނާ ވަނީ ތުހުމަތުކޮށްފައެވެ.

ވެރިކަމުގެ ދެވަނަ ދައުރާ ބީޖޭޕީއިން ވިދިވިދިގެން ކުރިމަތިލިއިރު ބަދަލުވި ހަމަ އެއްކަމެއްވެސް ނެތެވެ.