އެމެރިކާގެ ވާޖިނީއާގެ ވާޖިނީއާ ބީޗްގައި މަސައްކަތްކުރާ ސިޓީ ސްޓާފަކު އޭނާއާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް ބަޑިން ހަމަލާ ދީ، 11 މީހުން މަރާލައިފިއެވެ.

ވާޖިއާ ބީޗްގެ ސިޓީ އޮފީހުގައި މަސައްކަތްކުރަމުންދިޔަ މީހާ ދިން ބަޑީގެ ހަމަލާތަކުގައި 6 މީހަކު ޒަހަމްވެފައިވާއިރު މީގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.

ބަޑީގެ ހަމަލާ ދިން މީހާގެ ގަޔަށް ފުލުހުންވެސް ބަޑިޖަހާފައިވާއިރު، ހިސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެމީހާވެސް ވަނީ މަރުވެފައިކަމަށް ޚަބަރު ލިބެއެވެ.

ވާޖިނިއާ ބީޗް ޕޮލީސް ޗީފް ވިދާޅުވީ، މި ހަމަލާ ދިން މީހާ ހަމަލާ ދޭން ފެށީ ކުށްލިއަކަށް ކަމަށާ، ހަމަލާ ދީފައިވަނީ ވަކި މީހަކަށް އަމާޒުކޮށް، ވަކި މީހަކަށް ބަލައިގެން ނޫންކަމަށެވެ.

ހަމަލާގެ ބޮޑު ކަމުން އެފްބީއައިގެ އިތުރުން ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ފޮރެންސިކް ޓެކްނީޝަނުންވެސް މި ހާދިސާގެ ތަހުގީގުގައި ބައިވެރިވަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

އެކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންތަކަކަށް އަމާޒުކޮށް މީހަކު ބަޑީގެ ހަމަލާތަކެއް ދީފައި މިވަނީ ކީއްވެކަން އަދި ކަށަވަރުވާގޮތެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ މިހާދިސާ ވަރަށް ގާތުން ބައްލަވަމުން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.