އެއްގޮތަށްވުރެ ގިނަ ގޮތުން ދުނިޔެއަށް ބޭނުންތެރި ސެޓެލައިޓެއް ކާމިޔާބު ކަމާއެކު އިންޑިއާއިން އުދުއްސާލައިފިއެވެ.

ރީސެޓް2ބީގެ ނަން ދީފައިވާ މި ސެޓެލައިޓް އުދުއްސާލާފައި ވަނީ، މިއަދު ފަތިހުގެ ވަގުތެއްގައި އިންޑިއާގެ ޖައްވީ އިދާރާ އައި.އެސް.އާރް.އޯއިންނެވެ.

ބަރުދަނުގައި 615 ކިލޯގްރާމް ހުންނަ ރޭޑާ އިމޭޖެ ސެޓެލައިޓް (ރީސެޓް2ބީ)އަކީ ސަވޭލަންސްގެ އިތުރުން ދަނޑުވެރިކަމާ، ޖަންގަލިތައް ބެލެހެއްޓުމުގެ އިތުރުން ކާރިސާތަކުގައި ބޭނުންވާ އެހީތެރިކަން އެކަށީގެންވާ ފުރިހަމަކަމާއެކު ފޯރުކޮށްދިނުމަށް މުހިންމު ޚިދުމަތްތަކެއް ކުރާނެ ސެޓެލައިޓެއް ކަމަށް ޚަބަރު ލިބެއެވެ.

ބިމުގެ ސަތަހައިން އުދުއްސާލިތާ އެންމެ 15 ވަރަކަށް މިނެޓްގެ ތެރޭގައި މި ސެޓެލައިޓް ވަނީ ޖައްވާ ހިސާބަށް ފޯރާފައެވެ.

2009 ވަނަ އަހަރު އިންޑިއާއިން ފޮނުވާލި ރީސެޓް2ގެ އަޕްގްރޭޑެއްގެ ގޮތުގައި މިއަދު އުދުއްސާލި ރީސެޓް 2ބީއަކީ ދުވާލާ ރޭގަނޑުގެ އިތުރުން ބޯވިލާތަކުގެ ތެރެއިންވެސް ދުނިޔޭގެ މަންޒަރުތައް ނެގުމުގެ ގާބިލުކަން ލިބިފައިވާ ސެޓެލައިޓެއް ކަމަށް އިންޑިއާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

އިންޑިއާއިން ރީސެޓް2 މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދިޔައީ އިންޑިއާއާއި ޒަމާންވީ ހަތަރު ކަމަށްވާ ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގެ ހަރަކާތްތައް މޮނިޓާ ކުރުމަށެވެ.