އިންޑިއާގެ އާންމު އިންތިހާބުގެ އެގްޒިޓް ފޯލުން، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ، ބީޖޭޕީއިން ކުރި ހޯދާފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯދީއަށް މަރުހަބާ ދަންނަވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންޑިއާގެ ލޮކްޝަބާގެ 542 ގޮނޑީގެ ތެރެއިން 336 ގޮނޑި ބީޖޭޕީން ވަނީ ކާމިޔާބު ކޮށްފައެވެ.

މޯދީއަށް މަރުހަބާ ދަންނަވާ ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މޯދީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރާއި ރައްޔިތުން މީގެ ކުރިން އިންޑިއާއާ ބޭއްވި ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބާއްވަވާނެ ކަމަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބީޖޭޕީ އިސްކޮށް އުފައްދަވާ ސަރުކާރާއެކު ގާތްގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މޯދީގެ ބީޖޭޕީއާ އެކު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައެެވެ. ނަމަވެސް އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައެއް ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.