އިންސާނީ ފަހުގެ ތާރީހު ދުށް އެންމެ އުމުރުން ދުވަސްވީ މީހާގެ ރެކޯޑް އޮތް ސޯޑީމޭޖޯ ނުވަތަ އާންމު ނަމުންނަމަ ގްރޭންޑްޕާ ގޯތޯ މަރުވުމާއެކު، މިވަގުތު ދުނިޔޭގައި ހުރި އެންމެ ދޮށީ އުމުރުގެ މީހަކީ ކޮބައިތޯ ސުވާލު އުފެދިއްޖެއެވެ.

އިންޑޮނޭޝިއާގެ ސެންޓްރަލް ޖާވާގެ އަވަށެއްގައި ދިރިއުޅެމުންދިޔަ ގްރޭންޑްޕާ ގޯތޯ މަރުވިއިރު އުމުރަކީ 146 އަހަރު ކަމަށް ބުނެވެއެވެ.

އޭނާ ގެންގުޅެފައި ހުރި ލިޔެކިއުންތައް ދައްކާ ގޮތުން ގްރޭންޑްޕާ ގޯތޯ އުފަންވީ 1870 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އިންޑޮނޭޝިއާގެ އުފަން ދުވަހުގެ ރެކޯޑްތައް ރަސްމީ ސިފައެއްގައި ދަފުތަރު ކުރަން ފެށީ 1900ގެ ފަހުންނެވެ.

ކަންމިހެން އޮތް ނަމަވެސް ގްރޭންޑްޕާ ގޯތޯ ގެންގުޅުނު ލިޔެކިއުންތަކަކީ ސައްހަ ލިޔުންތަކެއްކަން އިންޑޮނޭޝިއާގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ގްރޭންޑްޕާ ގޯތޯ 4 ކައިވެންޏެއްކޮށް 10 ދަރިން ލިބުނުއިރު މިއިން އެއްވެސް މީހަކު މިހާރު ދުނިޔެއަކު ނެތެވެ. މަރުދުވަހާ ޖެހެންދެން ގްރޭންޑްޕާ ގޯތޯ ބަލަމުންދިޔައީ އޭނާއަށް ކާފަކިއާ ކުދިންނެވެ.

މިދިޔަ އަހަރު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ގްރޭންޑްޕާ ގޯތޯ ބުނި ގޮތުގައި އޭނާގެ ދިގުއުމުރުގެ ސިއްރަކީ އޭނާއަށް ލޯބިދީގެން ބަލާދޭނެ ދަރިން ތިބި ތިބުން ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ގްރޭންޑްޕާ ގޯތޯ މި ދުނިޔެއަށް އެންމެ ފަހުގެ ނޭވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ.