މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 18 ކުންފުންޏަކުން އެދިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

18 ކުންފުންޏަކުން ކުރިމަތިލައިފައިވީ ނަމަވެސް މީހުން ހައްޖަށް ގެނދިއުމުގެ ހުއްދަ ދޭނީ 5 ކުންފުންޏަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީހުން ހައްޖަށް ގެންދިއުމަށް ބޭނުންވާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ދިވެހި ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށާ އުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަޔަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި ކުންފުނި ތަކުގެ ތެރެއިން ހޮވާލެވޭ 5 ކުންފުންޏަކަށް ސަރުކާރުން ހުއްދަ ދޭނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ހައްޖަށް މީހުން ގެންދިޔުމަށް 2000 ކޯޓާ ސައުދީ ސަރުކާރުން ވަނީ ދިވެހި ރާއްޖެއަށް ދޫކޮށްފައެވެ.