ކްލަބްމެޑް ކަނިފިނޮޅު ރިސޯޓު ކަރިއަށް ގެނބުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 12:39 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކަނިފިނޮޅު ރިސޯޓު ކައިރިއަށް ގެނބުނު ފަތުރުވެރިޔާއަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ފަރުވާ ދީފައި ވާކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ 52 އަހަރުގެ ފިރިހެނެކެވެ. އަދި އެއީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ.

މި އަހަރުގެ ކުރީ ކޮޅުން ފެށިގެން ރާއްޖޭގެ މޫދަށް ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މި މައްސަަލަ ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.