ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވެހިކަލްތައް ބާރަށް ދުއްވަމުންދާ މައްސަލަ ބަލަމުން ދާކަމަށް ވެމްކޯއިން ބުނެފިއެވެ. ވެމްކޯއިން ބުނީ އެކަން ބެލުމަށް އިންޓާނަލް އޮޑިޓެއް އުފެއްދުމުގެ މަސަތްކަތް މިހާރު ކުރަމުން ދާކަމަށާ މިއަންނަ ދެ ހަފްތާއެއްގެ ތެރޭގައި އެ އޮޑިޓުގެ މަސަތްކަތް ފެށިގެން ދާނޭ ކަމަށެވެ.

ވެމްކޯއިން ބުނީ ބާރަށް ދުއްވާ ވެމްކޯގެ ވެހިކަލްތަކުގެ މައުލޫމާތު އިންޓާނަލް އޮޑިޓް މެދުވެރިކޮށް ލިބޭނެ ކަމަށާ ބާރަށް ދުއްވާ ވެމްކޯގެ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.

މާލޭގެ މަގެއްގައި ބާރު ސްޕީޑުގައި ވެމްކޯގެ ވެހިކަލެއް ދުއްވި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ދާދި ފަހުން އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ވެމްކޯގެ ވެހިކަލް ދުއްވާފައިވަނީ ގިނަ ބަޔަކު ބޭނުންކުރާ ބޮޑުތަކުރުފާނު މަގުގައެވެ. މި ކަމާ ގުޅިގެން އާންމުންވަނީ ގިނަ ފާޑުކިއުންތަކެއް ވެމްކޯއަށް އަމާޒުކޮށްފައެވެ.