މުދާ އުފުލާ އާގު ބޯޓެއްގެ ކެރޭނުން ބައެއް މާލޭ ކޮމާޝަލް ހާބަރުގެ ޖެޓީ މައްޗަށް ވެއްޓިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު 14:00 ހާއިރު އެވެ. ކެރޭނުން ބައެއް ވެއްޓިފައިވަނީ އެ ބޯޓުން މުދާ ބާލަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. އެކަމަކު އެ ސަރަހައްދުގައި ބަހައްޓާފައި ހުރި މުދާތަކަށް އެކި ވަރުގެ ގެއްލުން ވެފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި ސަރަހައްދުގައި މިހާރުވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންވެވެ.