މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން (އެފްއައިއޭ) ބައިނަލް އަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕް، އެގްމޮންޓް އާ ގުޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާއި ބެހޭ ގްރޫޕްގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ އެންޑޯސް ކުރަންޖެހެއެވެ. އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ވަނީ ރާއްޖޭގެ އެފްއައިޔޫ އެންޑޯސް ކޮށްފައެވެ. އެގްމޮންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އަދި އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އެގޮތުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމާއި ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން ފައިނޭންޝަލް އިންޓލިޖެންސް ޔުނިޓް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.