މިއަންނަ އަހަރުން ފެށިގެން ގުރުއާނަކީ ވަކި މާއްދާއެއްގެ ގޮތުގައި ދަރިވަރުން އެސްއެސްސީ އިމްތިހާނުގައި ހަދަމުންދާ މާއްދާއަކަށް ވެގެން ދާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން އިމްތިހާން ކުރެވޭނީ މާކްސް ދެބަޔަކަށް ބަހާލައިގެން ކަމަށާ، ސްކޫލް އިންޓާނަލް އެސެސްމެންޓް ތަކުން ނެގޭ 60 އިނސައްތަ އަދި ބާކީ 40 އިންސައްތަ އަކީ ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ޕްރޮޖެކްޓް އެސައިންމަންޓް ތަކުން ނެގޭ 40 އިންސައްތަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިހާރު އެއްއެސްސީ އިމްތިހާނުގައި ރާއްޖޭގެ ސްކޫލްތަކުން ހަދަމުން އަންނަނީ ދިވެހި އިސްލާމް މި ދެމާއްދާ އެކަންޏެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގުރުއާން މާއްދާއަށް ދަރިވަރުން އަހުލުވެރިކޮށް، ގުރުއާން އުނގެނުމަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ގިނަ މަސަތްކަތް ތަކެއް ކުރަމުން ދާނޭ ކަމަށެވެ.