މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައިފައި ވަނީ މިއަދު ހެނދުނު 06:45 ހާއިރުކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ހަނދުވަރު ގޯޅިން ނިކުތް ޓެކްސީއަކާ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ އަށް ކަމަށާ އޭނާގެ ވާތު ފަޔަށް ވަނީ އަނިޔާ ތަކެއް ލިބިފައި ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭގައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައިވެސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓުގައިވަނީ 2 މީހަކަށް އަނިޔާ ވެފައެވެ.