މިއަދު ހެނދުނު މާލެއިން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް ކަރަންޓު ދެވިފައި ވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިއަދު ކަރަންޓު ގޮސްފައިވަނީ ގާތްގަނޑަކަށް 7:30 ހާއިރުއެވެ. މި ގަޑިއަކީ މާލޭގެ ގިނަ ބަޔަކު ވަޒީފައަށް ދިއުމަށް ތައްޔާރުވާ ގަޑިއެވެ.

މި ފަހަކަށް އައިސް މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭރެތެއިން ކަރަންޓް ކެނޑެމުން ދާކަން ފާހަގަކޮށްލެވެއެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭ ބައެއް ރައްތަކުން ވެސް ކަރަންޓު ކެނޑި އަނބުރާ ނުލިބި ގިނަ ވަގުތުތަކެއް ވުމުން ސްޓެލްކޯއާ ފެނަކައަށް ދަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ.