އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ" ފްލައިޓްތަކުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިވަގުތު އޮޕަރޭޓްކުރަމުންދާ އެއާ އިންޑިއާގެ ހުރިހާ ފްލައިޓެއް މިވަގުތު ވަނީ ގްރައުންޑްކޮށްފައެވެ.

އެއާ އިންޑިއާގެ އޮޕަރޭޝަންތައް ހުއްޓާލާފައިވަނީ އެއާ އިންޑިއާގެ ސާވާތައް މަސައްކަތް ނުކުރާތީ ކަމަށާ، މި މައްސަލަ މުޅި އިންޑިއާގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރަމުންދާ އެއާ އިންޑިއާގެ ސިސްޓަމްތަކަށްވެސް ކުރިމަތިވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އެއާ އިންޑިއާގެ ފްލައިޓްތައް އޮޕަރޭޓްކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ސަތޭކަ ފަސެންޖަރުން ތާށިވެފައި އެބަތިބި ކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.