ސްރީލަންކާގައި އިތުރު ތިން ގޮވުމެއް ގޮވާފައި ވާކަމަށް ސިފައިންނާ ހަވާލާ ދީ އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

މި ތިން ގޮއްވުން ގޮވާފައިވަނީ ކަލްމުނެއީ ގެ ސައިންދަމަރުދު ސަރަހައްދުގައި ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ލަންކާގެ ފުލުހުންނާއި ސިފައިން ގުޅިގެން އަމްޕަރާގެ ސަމަންތުރާއީ ސަރަހައްދު ބަލާ ފާސް ކުރިއިރު ގިނަ އަދަދެއްގެ ގޮވާތަކެތި ވެސް ފެނިފައި ވެއެވެ. އެ ސަރަހައްދުން ފެނުނު ތަކެތީގެ ތެރޭގައި އައިއެސް ލޯގޯޖެހި ޔުނީފޯމް ކިޓަކާއި، 150 ގެލައިގްނައިޓް ސްޓިކާއާއި، އެއްލައްކަ މެޓަލް ބޯލް ގެ އިތުރުން ޑްރޯން ކެމެރާއެއް ހިމެނެއެވެ.

އެ ސަރަހައްދުގައި ކުރިއަށް ގެންދާ ބަލާފާސް ކުރުމުގެ ތެރޭގައި، ފުލުހުންނާއި ގްރޫޕަކާއި ދެމެދު ބަޑީގެ ހަމަލާ ތަކެއް ބަދަލު ކުރެވެމުން ދާކަމަށްވެސް މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ.