ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަނބުރާ ރާއްޖެ ވަޑައިގެންފިއެވެ.

މިދިޔަ އަދިއްތަ ދުވަހުން ފެށިގެން ލަންކާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތައް ފެށުނު އިރު ރައީސް މައުމޫން އެމަނިކފާނުގެ އަނބިކަނބަލުންނާއި އެކު ހުންނެވީ ލަންކާގައެވެ. ނަމަވެސް، އެމަނިކުފާނު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައެވެ.

ރާއްޖެ ވަޑައިގަތުމުގެ ކުރިން ރައީސް މައުމޫން ވަނީ ޓްވިޓާގެ ޒަރިއްޔާއިން ލަންކާގެ ސަރުކާރަށާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އެމީހުން ފޯރު ކޮށްދިން ސަލާމަތްތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

ލަންކާގައި އާދިއްތަ ދުވަހުން ފެށިގެން ދެމުންދާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 350 އަށް ވުރެ މައްޗަށް އަރާފައިވާއިރު 500 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. އަދި މި ހަމަލާތަކާއި ގުޅިގެން 60 މީހުން ވަނީ ހައްޔަރުކޮށްފައެވެ.