މުޅި ދުނިޔެއަށް ބެލިކަމުގައި ވީ ނަމަވެސް އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ ފޯރި އެންމެ ގަދަވެފައިވާއިރު، އެކަމުގެ މާ ބޮޑު އުފަލެއް އިހުސާސް ނުކުރާ އެއްބަޔަކީ އިންޑިއާގެ އާބާދީގެ އެންމެ 14 ޕަސެންޓް ހިއްސާކުރާ މުސްލިމުންނެވެ. އާންމު އިންތިހާބުގެ 3 މަރުހަލާގެ ވޯޓުލުން ނިމިފައިވާއިރު، އެންމެ ބޮޑު އެކަހެރި ކަމެއް އިހުސާސް ކުރަމުންދަނީވެސް އިންޑިއާގެ މުސްލިމުންގެ އާބާދީއެވެ.

ލޮކް ސަބާ ނުވަތަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ބަލާއިރު، 543 މެމްބަރުންގެ ތެރެއިން މިހާރުގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ 22 މުސްލިމުންނެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ އާބާދީގެ ނިސްބަތުން ބަލާއިރު މުސްލިމުން ހިއްސާކުރަނީ ކުރިންވެސް ދެންނެވިފަދައިން 14 ޕަސެންޓް އެވެ. ގާނޫނު ހަދާ މަޖިލީހުން ތަމްސީލުވަނީ އެންމެ ޕަސެންޓް4އެވެ. މިއީ ފާއިތުވީ ބައި ގަރުނުގައިވެސް މުސްލިމުންގެ ތަމްސީލުވުން އެންމެ ދަށް ދުވަސްވަރުވެވެ. އެންމެ ބޮޑު ނިސްބަތަކުން މުސްލިމުންނަށް ފުރުސަތު ލިބުނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް އެފަހަރުވެސް އެންމެ ގިނަވެގެން މިއަދަދު އިތުރުވީ 9.6 ޕަސެންޓް އަށެވެ.

އިންޑިއާގެ ޒުވާން މުސްލިމުން ތުހުމަތުގެ އިނގިލި އަމާޒުކުރަނީ މިހާރު ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށެވެ.

"ފާއިތުވީ 5 އަހަރަށް ބަލާއިރު ބީޖޭޕީއިން މިއޮތީ ވަރަށް ބޮޑަށް މަސްރަހާ ކުޅެފަ. ސިޔާސީ ޕާޓީތަކުންވެސް މިހާރު ފަސްޖެހޭ މުސްލިމު ކެނޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ދޭން. ހިންދޫންގެ ވޯޓު ގެއްލިދާނެތީ ޕާޓީތަކުން ވަރަށް ބޮޑަށް ޖެހިލުންވޭ"، ނިއުދިއްލީގައި ޓްރެވެލް އޭޖެންސީއެއް ހިންގަމުން އަންނަ މުޙައްމަދު އަދުނާން އޭނާގެ ފިކުރު މީޑިއާއާއި ހިއްސާކުރަމުން ބުންޏެވެ.

2014 ވަނަ އަހަރު އިންޑިއާގައި ބޭއްވި އާންމު އިންތިހާބުގައި ބީޖޭޕީއިން 282 ގޮނޑި ކާމިޔާބުކުރިއިރު، މުސްލިމު އެންމެ މެމްބަރަކުވެސް ނެތެވެ. އަދުނާނުގެ ވާހަކަތަކަށް ޕޮލިޓިކަލް ސައިންސްވެރިޔާ ގިލީޒް ވާނިއާޒްވެސް ވަނީ ތާއީދުކޮށްފައެވެ. އެގޮތުން އާންމު މަސްރަހުން މުސްލިމުން އެކަހެރި ކުރުމަށް ބީޖޭޕީއިން ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ބީޖޭޕީގެ ވާހަކަ ތަފާތެވެ. ބީޖޭޕީއިން އެރީ ދިފާއަށެވެ. ބީޖޭޕީއިން ބުނީ ވަކި ފަރުދެއްގެ ފަންތިއާއި، ދީނާ، ކުލައިގެ އިތުރުން އެމީހަކު ނިސްބަތްވާ ސަރަހައްދަށް ބަލައިގެން އެއްވެސް މީހަކު ތަފާތުކޮށްފައި ނުވާނެ ކަމަށެވެ. އިންޑިއާގެ ގާނޫނު އަސާސީގެ 14 ވަނަ މާއްދާ ބުނާ ގޮތުގައި ކޮންމެ މީހަކީވެސް ހުރިހާ ގޮތަކުން ހަމަހަމަ މީހެކެވެ.

އުއްތަރަ ޕްރަދޭޝްގެ އަލީޣާރް ޔުނިވާސިޓީގެ ތާރީހާ ބެހޭ ޕްރޮފެސަރެއް ކަމަށްވާ މުޙައްމަދު ސައްޖާދު ވިދާޅުވީ، އިންތިހާބީ ނަޒަރަކުން ބަލާއިރު އިންޑިއާގެ މުސްލިމުންނަކީ "ބޭކާރު" ބައެއް ކަމަށެވެ. މުސްލިމުންގެ މައްޗަށް ހިންދޫއިން ކުރި ހޯދަމުންދަނީ މުސްލިމުން ކުޑައިމީސްކޮށް، މުސްލިމުންނާ މެދު ނަފުރަތު އުފައްދައިގެން ކަމަށްވެސް ޕްރޮފެސާ ސައްޖާދު ވަނީ ސިފަކުރައްވާފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ނަފުރަތު އުފެދިގެން 79 ހަމަލާއެއް 2009 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ދީފައިވާއިރު، މީގެ ތެރެއިން 76 ހަމަލާ ދީފައިވަނީ ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައެވެ. މިފަދަ ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވާ މީހުންނަކީ އިންޑިއާގެ ސިޔާސީ ޕާޓީތަކުގެ އިސް ސަފުން، ޝަރަފާ ގަދަރު ދޭ ބަޔަކަށް އޮންނަނީ ވެފައެވެ.

ދިއްލީގެ ރައްޔިތެއް ކަމަށްވާ އިހުތިޝާމުއްދީން ބުނީ، ނަރޭންދްރާ މޯދީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން އިންޑިއާގެ މުސްލިމުން ދިރިއުޅެމުންދަނީ ބިރުވެރިކަމާ ނާމާންކަމުގެ ވެއްޓެއްގައި ކަމަށެވެ.

އިންޑިއާގެ ތާރީހަށް ބަލާއިރު ބައެއް އިސް މަގާމުތަކުން މުސްލިމުން ފެނުނު ކަމުގައި ވީ ނަމަވެސް، ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުގައި މުސްލިމުންގެ ތަމްސީލުވުން ނިސްބަތުން ކުޑަކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

މުޅި ދުނިޔެއަށް ބެލިކަމުގައި ވީ ނަމަވެސް އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ ފޯރި އެންމެ ގަދަވެފައިވާއިރު، އެކަމުގެ މާ ބޮޑު އުފަލެއް އިހުސާސް ނުކުރާ އެއްބަޔަކީ އިންޑިއާގެ އާބާދީގެ އެންމެ 14 ޕަސެންޓް ހިއްސާކުރާ މުސްލިމުންނެވެ. އާންމު އިންތިހާބުގެ 3 މަރުހަލާގެ ވޯޓުލުން ނިމިފައިވާއިރު، އެންމެ ބޮޑު އެކަހެރި ކަމެއް އިހުސާސް ކުރަމުންދަނީވެސް އިންޑިއާގެ މުސްލިމުންގެ އާބާދީއެވެ.

ލޮކް ސަބާ ނުވަތަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ބަލާއިރު، 543 މެމްބަރުންގެ ތެރެއިން މިހާރުގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ 22 މުސްލިމުންނެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ އާބާދީގެ ނިސްބަތުން ބަލާއިރު މުސްލިމުން ހިއްސާކުރަނީ ކުރިންވެސް ދެންނެވިފަދައިން ޕަސެންޓް14 އެވެ. ގާނޫނު ހަދާ މަޖިލީހުން ތަމްސީލުވަނީ އެންމެ 4 ޕަސެންޓެވެ. މިއީ ފާއިތުވީ ބައި ގަރުނުގައިވެސް މުސްލިމުންގެ ތަމްސީލުވުން އެންމެ ދަށް ދުވަސްވަރުވެވެ. އެންމެ ބޮޑު ނިސްބަތަކުން މުސްލިމުންނަށް ފުރުސަތު ލިބުނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް އެފަހަރުވެސް އެންމެ ގިނަވެގެން މިއަދަދު އިތުރުވީ 9.6 ޕަސެންޓް އަށެވެ.