ކަރުތެރޭގައި ތާށިވި މަހު ކައްޓެއް ނައްޓަން އުޅުމުގެ ތެރޭގައި 13 ސެންޓިމީޓަރުގެ ދަގަނޑު ސަމުސަލެއް ދިރުވާލެވުނު އަންހެނެއްގެ ހަށިގަނޑު ތެރެއިން އެ ސަމުސާ ނެގުމަށް އޮޕަރޭޝަން ކޮށްފިއެވެ.

މި ކަމެއް ހިނގާފައިވަނީ ޗައިނާގެ ޝެންޒެންގައެވެ.

ލިލީގެ ނަމުން މީޑިއާއަށް މަޝްހޫރުވެފައިވާ މި އަންހެން މީހާ ޑޮކްޓަރަށް ދައްކާފައިވަނީވެސް ސަމުސާ ދިރުނުތާ 4 ވަރަކަށް ދުވަސް ފަހުންނެވެ. އެހާ ދުވަހު ޑޮކްޓަރަށް ނުގޮސް މަޑުކުރީ އެއްވެސް ސިއްހީ އުނދަގަލަކާ ކުރިމަތި ނުވާތީ ކަމަށް ބުނެވެއެވެ.

ސަމުސާ ދިރިގެން ހޮސްޕިޓަލަށް ދިއުމުން ހެދި އެކްސްރޭއިން ދެއްކި ގޮތުގައި ލިލީގެ ހަށިގަނޑު ތެރޭގައި ސަމުސާ ތާށިވެފައި ހުރީވެސް ހުރަހަށް ކަހަލަ ގޮތަކަށެވެ. އެހެންކަމުން ސަމުސާ ނެގުމުގެ ކުރިން ޑޮކްޓަރުންނަށް ފުރަތަމަ ޖެހުނީ ސަމުސާ ސީދާ ކުރާށެވެ.

މިފަދަ ހާދިސާތަކަކީ ޗައިނާގައި ހިނގާ ކަމެކެވެ. އެގޮތުން މަސްތުވެފައި ހުރި ހާލު، ސަމުސަލެއް ދިރުވާލި މީހަކު އޭނާގެ ހަށިގަނޑުގައި އެ ސަމުސާ ބާއްވައިގެން އަހަރެއްހާ ދުވަހު ވަނީ އުޅެފައެވެ.