ސްރީލަންކާގެ ދާހިލީ ހަނގުރާމައަށްފަހު އެގައުމުގެ ތާރީހު ދުށް އެންމެ ނާމާން ދުވަހު އެގައުމުގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވެ ދިޔަ މީހުންގެ ހަނދާނުގައި، ފަރަންސޭސިވިލާތުގެ ރަމްޒީ ބިނާ ކަމުގައިވާ އައިފިލް ޓަވަރު ނިއްވާ، އަނދިރިކޮށްލައިފިއެވެ.

ސްރީލަންކާގެ އެކި ހިސާބުތަކުގައި އިއްޔެ 10 ގޮވުމެއް ގޮއްވާލައި، މަރުވި މީހުންގެ އަދަދު 300 އާއި ގާތް ކުރާއިރު، ރޭ ދަންވަރު 12 ޖެހުމާއެކު އައިފިލް ޓަވަރުގެ ހުރިހާ ބޮކިތަކެއް ވަނީ ނިއްވާލާފައެވެ.

2017 ވަނަ އަހަރު އާރިއާނާ ގްރާންޑޭގެ ކޮންސެޓަކަށް ދިން ހަމަލާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެންވެސް އައިފިލް ޓަވަރު ވަނީ އެއްކޮށް ނިއްވާލާފައެވެ.