3ޑީ ޕްރިންޓިންގް ޓެކްނޮލޮޖީގެ ފަންނުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކަށް ތަނަވަސްވަމުން ދިޔަ ނަމަވެސް، ސިއްހީ ބޭސްފަރުވާއާއި ގުޅުންހުރި ކަންކަމުގައި މި ޓެކްނޮލިޖީ ބޭނުންކުރެވޭ މިންވަރު އިންތިހާއަށް ކުޑައެވެ. ވަކިން ހާއްސަކޮށް އިންސާނެއްގެ ހަށިގަނޑުގެ މަސްނޫއީ ގުނަވަނެއް، މަސައްކަތްކުރާ ގޮތަށް އުފެއްދިފައެއް އަދި ނުވެއެވެ. ނަމަވެސް މިކަން ހާސިލުކުރުމާ ގާތަށް، ތެލްއަވީވް ޔުނިވާސިޓީގެ ދިރާސާ ޓީމަކުން މިވަނީ ޖެހިލާފައެވެ. މި ޓީމުންވަނީ އިންސާނުންގެ ހަށިގަނޑުން ޓިޝޫ ނަގައިގެން، އިންސާނީ ތްރީޑީ ހިތެއް ޕްރިންޓުކޮށްފައެވެ.

ދިރާސާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސާ ތާލް ވީރު ބުނީ، މިއީ ދުނިޔޭގެ ތާރީހުގައިވެސް ހިތުގެ ހުރިހާ ބައިތަކެއް ފުރިހަމަކޮށް ހިމަނައިގެން ޕްރިންޓުކުރި ފުރަތަމަ މަސްނޫއީ ހިތްކަމަށެވެ. މި ޓީމުން މިކަންކޮށްފައިވަނީ ފޭޓް ޓިޝޫޒްއަށް ބަދަލުތަކެއް ގެނެސް، ސްޓެމް ސެލްސްއަށް އެ ބަދަލުކޮށްގެންކަމަށް ސިއްހީ ދާއިރާގެ ޚަބަރުތައް ބުނެއެވެ.

މިފަހަކަށް އައިސް އެންމެ ގިނަ މީހުން ކުށްލި ގޮތަކަށް މަރާކުރިމަތިލާ އެންމެ އާންމު އެއް ބަޔަކީ ނުރައްކާތެރި ހިތުގެ ބަލި ކަމަށްވީނަމަވެސް، ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭ ފެންވަރަށް 3ޑީ ހިތް އަދި މުއްސަނދި ކުރެވިފައެއް ނުވެއެވެ. މިވަގުތު މި ހިތް އުފައްދާފައިވަނީވެސް މުސަޅެއްގެ ހިތުގެ ބޮޑުމިނަށެވެ.

މި ދިރާސާއާއި ގުޅުންހުރި ފަންނީ ހުރިހާ ލިޔެކިއުންތަކެއް އެޑްވާންސްޑް ސައިންސްގައި ވަނީ ޝާއިއުކޮށްފައެވެ.