ޝެޑިއުލްކޮށްފައިވާ ފްލައިޓެއް ހުއްޓުވާލެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޖަލަށް ނޫނީ ހޮސްޕިޓަލަކަށް ދާން ނުޖެހި މިފަދަ ކަމެއް ފަސޭހައިން ކުރެވޭނެ މީހަކު ގިނިކަންޏާ ރަންވޭ މަތީގައި، ނުވިތާކަށް މަތިންދާ ބޯޓު ތެރޭގައިވެސް ނުހުންނާނެކަމަށް ސާބިތުވެ ހުރެ ދަންނަވަން ކެރިދާނެއެވެ.

ކަންމިހެންއޮތްއިރު، މާކަނާއެއް މިވަނީ މި ޝަރަފު ހޯދާފައެވެ.

މިއީ ސްޕެއިންގައި ހިނގި ކަމެކެވެ. ދަތުރުގެ އެންމެ ފަހު މިނެޓުކޮޅު އެތައް އިރަކަށް އިތުރުވެގެންދިޔައީ ރަންވޭ މަތީގައި، ބޯޓާ ދިމާ ކުރިމަތިލީގައި މާކަނާއެއް ފަރިއަށް ހިނގާތީއެވެ. ބޯޓުގެ ފުރޮޅު ޖެހެން އޮތް މަގުގައި ނަލަނަލަކޮށް މާކަނާ ހިނގަމުންދިއުމާއެކު ބޯޓު ޖައްސަން ހަމަޖެހުނު ގޮތަށް ބޯޓު ޖެއްސޭ ގޮތް ނުވެ، ފަސެންޖަރުންނާ ކުރޫއިން ބޯޓުތެރޭގައި ތާށިވިއެވެ.

އެއާޕޯޓްގައި މަސައްކަތްކުރާ މީހަކުވަނީ މި ހެއްވާ މަޖާ، އެހެންނަމަވެސް ސީރިއަސް މަންޒަރު ވީޑިއޯކޮށްފައެވެ. މިމަންޒަރު އާންމުކޮށްފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އީޒީޖެޓްގެ މަތިންދާ ބޯޓު ރަންވޭއަށް ޖައްސަމުންދިޔައީ ބުރެކިވެސް ޖައްސަމުންނެވެ. އަދި ބަރުގަނޑުވެސް އަޅަމުންނެވެ.

ކަމާ ބެހޭ ފަރާތްތަކަށް މާކަނާގެ މައްސަލަ ރިޕޯޓްކުރި ކަމުގައި ވީ ނަމަވެސް، އެ ޓީމަށް އާދެވުމުގެ ކުރިން، މާކަނާ އަމިއްލައަށް އެއާޕޯޓް ދޫކޮށް އުދުއްސައިގަތް ކަމަށް، ދައުރުވަމުންދާ ޚަބަރުތައް ބުނެއެވެ.