ކަސްޓަމަރުންނަށް ބޭނުން ކުރެވޭ ގޮތަށް، ވިޔަފާރި އުސޫލުން ދުނިޔޭގައި ފުރަތަމަ ފަހަރަށް 5-ޖީ އިންޓަނެޓް ހިދުމަތް، ދެކުނު ކޮރެޔާއާއި އެމެރިކާގައި ދޭން ފަށައިފިއެވެ.

ސަމްސަންގް ކުންފުނިން ބުނީ އެކުންފުނީގެ އާ ފޯނު ގެލެކްސީ އެސް10 5ޖީ ޑިވައިސްއަކީ، މިހާތަނަށް އެ ކުންފުނިން ވިއްކާފައިވާ ސްމާޓްފޯނުތަކަށްވުރެ 20 ގުނަ ބާރު ދުވެލީގައި އިންޓެންޓްގެ ހިދުމަތް ލިބޭނެ މޮޑެލްއެއްގެ ޑިވައިސްއެއް ކަމަށެވެ.

ގިނަ ގައުމުތަކަކުން އަދިވެސް ދަނީ 5ޖީ ޓެކްނޮލޮޖީ ތައާރަފު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. ހަމަ މިއާއެކު، 5ޖީ ނެޓްވާކުގެ ތެރެއިން ސަލާމަތަށް ނުރައްކާވެދާނެ ހުރިހާ ބާގަނޑުތަކެއް ބެއްދުމަށްވެސް ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

5ޖީ ނުވަތަ 'ފިފްތް ޖެނެރޭޝަން' އިންޓަނެޓަކީ ސްޕީޑް ލަސްވުމުގެ މައްސަލަ މުޅިންހެން ހައްލުވެ، ކުޑަ ޚަރަދަކުން ގިނަ ޑޭޓާ ލިބިދޭ ޓެކްނޮލިޖީއެކެވެ. 5ޖީގެ ކަވަރޭޖް ރޭންޖުވެސް އިހުނަށްވުރެ ފުޅާވާއިރު، 5ޖީ މެދުވެރިކޮށް ގުޅާލާ ގުޅުންތައް ސްޓޭބަލް ވާނެ ކަމަށްވެސް ބުނެވެއެވެ.

ކަމާ ބެހޭ ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި މިހާރު ބޭނުންކުރަމުންދާ 4ޖީ ޓެކްނޮލޮޖީއިން 5ޖީއަށް ބަދަލުވުމަކީ މުހިންމު ބަދަލެކެވެ.

މޯބައިލް އިންޓަނެޓް ތަރައްގީވަމުން އައި ގޮތަށް ބަލާއިރު 1ޖީއިން އަޑު، 2ޖީއިން ޓެކްސްޓް، 3ޖީއިން ސްޓެޓިކް މަންޒަރާ ފޮޓޯ އަދި 4 ޖީއިން ވީޑިއޯ ފޯރުކޮށްދެވެން ފެށިއެވެ. ކަންމިހެން އޮތްއިރު 5ޖީއަކީ ލައިވް ސްޕޯޓްސް ބެލުމުގެ އިތުރުން ކްލައުޑް ގޭމިންގްއަށް ދެވިހިފާފައިވާ މީހުންގެ ސަލާމަތީ ކިޓޭވެސް ދެންނެވިދާނެއެވެ.

5ޖީ ޓެކްނޮލޮޖީގެ ކުރިމަގަމަށް ބަލާއިރު، ރިމޯޓް ސާޖަރީތައް ހެދުމުގެ ފުރުސަތު ފަހިވުމުގެ އިތުރުން ހޮލޯގްރާމް ޓެކްނޮލޮޖީ ބޭނުންކޮށްގެން ވީޑިއޯ ކޯލު ކުރުމުގެ ދޮރުވެސް ހުޅުވިގެންދާނެ ކަމަށް ފަންނީ މާހިރުން ދަނީ ބުނަމުންނެވެ.