މިއީ އާ ގޮތަކަށް ބަންދުކޮށްފައިވާ ބާ އެއްޗެކޭވެސް ދެންނެވިދާނެއެވެ. ނަމަވެސް މިއީ ވަރުގަދަ މެސެޖެއް ދޭ އެއްޗެކެވެ. ދައްކަން މިއުޅެނީ އާޖެންޓިނާގެ ތޫލިޕާން އާޖެންޓީނާ ނަމަކަށް ކިއާ ކުންފުންޏަކުން ތައާރަފުކޮށްފައިވާ، ދޭތެރެ ދުރުކުރާ ހުރަސް ނޫނީ ކޮންޑަމެއްގެ ވާހަކައެއެވެ. އެކުންފުނިން މި ކޮންޑަމަށް ދީފައިވާ ނަމަކީ "ކޮންސެންޓް ކޮންޑަމް" ނުވަތަ "އިއުތިރާޒެއް ނެތް ކޮންޑަމް" މި ނަމަވެ. މި ނަމަކީ ދެ މީހެއްގެ މެދުގައި ޖިންސީ ގުޅުން ހިންގުމުގެ އަމަލާ ގުޅޭ ވަރުގަދަ މެސެޖެއް ދޭ ނަމެކެވެ. ކުންފުނީގެ އަމާޒަކަށްވީ ޖިންސީ ގުޅުމަކީ ދެމީހުންގެ ރުހުމުގައި ހިންގޭނެ އަމަލެއްކަން ސާބިތުކޮށްދިނުމެވެ.

"ކޮންސެންޓް ކޮންޑަމް"ގެ އެންމެ ހާއްސަ ކަމަކީ، މި ކޮންޑަމް ބަންދުކޮށްފައިވާ ފޮށިގަނޑަކީ ހަތަރު އަތް ބޭނުންކޮށްގެން ނޫނީ ނުހުޅުވޭނެ ފޮއްޓަކަށްވާކެމެވެ. ފޮށީގައި ހުޅުވަން ހާއްސަކުރެވިފައިވާ ސަރަހައްދަށް ހަތަރު އަތް ތިލައިން ފިތާލަންވެސްޖެހެނީ އެއް ވަގުތެއްގައެވެ. މިއީ މިފަދަ ގޮތަކަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ފަރުމާކުރި ކޮންޑަމެވެ.

އާޖެންޓީނާގައި ކުރިއަށްދާ ހާއްސަ އިވެންޓެއްގައި އެއްވެސް އަގަކާ ނުލާ މި ކޮންޑަމް ބަހަމުންދިޔަ ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކަށް މި އުފެއްދުން މާކެޓްކޮށް ވިއްކަން ފަށާނީ މިއަހަރުގެ ފަހުކޮޅު ކަމަށް ޚަބަރު ލިބެއެވެ.