މީގެ 43 މިލިއަން އަހަރު ކުރިން އުޅުނުކަމަށް ބެލެވޭ 4 ފައި ލީ ބޮޑު މަހެއްގެ ފުރިހަމަ ބައިތަކެއް ޕޭރޫއިން ފެނިއްޖެއެވެ.

ޕޭލިއަންޓޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި ގާތްގަނޑަކަށް 13 ފޫޓުގެ މި ބޮޑުމަހަކީ ފެތުމުގެ އިތުރުން އެއްގަމުގައި ހިނގުމުގެ ގާބިލުކަންވެސް ލިބިފައިވާ މަންމަލި ޖަނަވާރެކެވެ.

މުޅި އެތީގެ ބަރުދަން ހިފެހެއްޓޭވަރުގެ 4 މޮއްގަނޑު ލީ މި ބޮޑު މަހުގައި ވަރުގަދަ ނިގުލެއްވެސް ހުންނަ ކަމަށް ބުނެވެއެވެ.

ދިރާސާ ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މުސައްނިފު އަދި ރޯޔަލް ބެލްޖިއަން އިންސްޓިޓިއުޓް އޮފް ނެޗުރަލް ސައިންސަސް، ޑރ އޮލީވިއާ ލެމްބާޓް ވިދާޅުވީ، މިއީ އިންޑިއާއާއި ޕާކިސްތާނުގެ ބޭރުން 4 ފައި ލީ ބޮޑު މަހެއްގެ މިހާ ފުރިހަމަ ބައިތަކެއް ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

މި ބޮޑު މަހުގެ ބައިތައް ފެނިފައިވަނީ ޕޭރޫގެ ޕެސިފިކް އައްސޭރީގެ ކިލޯމީޓަރެއްހާ އެއްގަމުން، ޕްލާޔާ މެޑިއާ ލޫނާއިންވެ.

މި ބޮޑު މަހުގެ ބައިތަކެއް އެންމެ ފުރަތަމަ ފެނިފައިވަނީ 2011 ވަނަ އަހަރުއެވެ. މިކަމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޓީމުން މި ބޮޑު މަހަށް ދީފައިވާ ނަމަކީ "ޕެރެގޯސީޓަސް ޕެސިފިކަސް" ނުވަތަ "ދަތުރުކުރަމުން ގޮސް ޕެސިފިކް އާއި ހިސާބަށް ދެވުނު ބޮޑުމަސް" މި ނަމެވެ.