ރަޝިއާގައި ދެވަނައަށް އެންމެ ބޮޑު އެއާލައިން ކަމަށްވާ ސައިބީރިއާ އެއާލައިންސް (އެސް7)ގެ ކޯ އޯނަރު ނަތާލިއާ ފިލޭފާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ވެއްޓި، މަރުވެއްޖެއެވެ.

ރަޝިއާގައި އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގައި ހިމެނޭ ނަތާލިއާ ދަތުރުކުރި ޖެޓު ވެއްޓިފައިވަނީ ޖަރަމުނުވިލާތުގެ ފްރޭންކްފާޓާ ދާދި ކައިރީގައި އޮންނަ އެއާޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ބޯޓު ދުއްވަން އިން ޕައިލެޓާއި ނަތާލިއާގެ އިތުރުން އަދި އެހެން ފަސެންޖަރަކުވެސް މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފަރަންސޭސިވިލާތުން ފުރައިގެން ޖަރުމަނުވިލާތަށް ދަތުރުކުރަމުންދިޔަ މި ޖެޓް ވެއްޓެން ދިމާވި ސަބަބެއް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި، އުމުރުން 55 އަހަރުގެ ނަތާލިއާގެ މިލްކިއްޔާތުގެ އަގު 600 މިލިއަން ޑޮލަރަށް އަރައެވެ.