އިންޓަނެޓްގައި ދައުރުވާ އެކި ކަހަލަ މައުލޫމާތާއި ކޮންޓެންޓް ވިލަރެސް ކުރުމުގައި މީޑިއާ ރެގިއުލޭޓަރުންނާ ސަރުކާރުތަކުން މިހާރަށްވުރެ އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގެ ބާނީ ބާކް ޒަކަބާގު ބުނެފިއެވެ.
ވޮޝިންގްޓަން ޕޯސްޓްގައި ޝާއިއުކޮށްފައިވާ އޮޕީނިއަން-އެޑިޓޯރިއަލްއެއްގައި ޒަކަބާގު ބުނީ، އިންޓަނެޓްގައި ދައުރުވަމުންދާ ނުރައްކާތެރި ކޮންޓެންޓް މޮނިޓާ ކުރުމަކީ ކުންފުނިތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މިމޭރުމުން 4 ދާއިރާއަކުން އާ ގާނޫނުތަކެއް ހަދަންޖެހިފައި ވާކަމަށާ، އެއީ ނުރައްކާތެރި ކޮންޓެންޓުގެ ދާއިރާ، އިންތިހާބީ ނަޒާހާތްތެރިކަމުގެ ދާއިރާ، ޒާތީ ސިއްރިއްޔާތުގެ ދާއިރާގެ އިތުރުން މައުލޫމާތު ބަދަލުކުރުމުގެ ދާއިރާކަން ޒަކަބާގުގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ވާހަކަތަކެއް ހިމަނައިގެން ޒަކަބާގު ލިޔުމެއް ޝާއިއުކޮށްފައި މިވަނީ، ނިއުޒީލަންޑްގެ 2 މިސްކިތަކަށް ވަދެ ބަޑީގެ ހަމަލާ ދިން މަންޒަރުތައް ފޭސްބުކް ލައިވް މެދުރިކޮށް ވަގުތުން ދުރަށް ފޮނުވާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ ބަޔަކު މި ވީޑިއޯ ބެލި ފަހުން ފޭސްބުކްއިން ވީޑިއޯ ޑިލީޓް ކުރުމަށް ކުރި މަސައްކަތްތައް އަދި ވަނީ މުޅިން ކާމިޔާބު ވާ ގޮތް ނުވެފައެވެ. 1.5 މިލިއަން ފަހަރު މި ވިޑީއޯ ކޮޕީކޮށްފައި ވާކަމަށްވެއެވެ.
މިހާދިސާއާއި ގުޅިގެން ފޭސްބުކްއިންވަނީ އެ ޕްލެޓްފޯމް މެދުވެރިކޮށް މަންޒަރުތައް ލައިވްކުރެވޭނެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން ސިޔާސީ އިސްތިހާރުތަކާއި އެފަދަ ކޮންޓެންޓް ހިއްސާކުރާއިރު އެއީ ކޮން ބަޔަކު ސްޕޮންސާކޮށްފައިވާ ކޮންޓެންޓެއްކަން އެނގޭނެ އިންތިޒާމުވެސް ފޭސްބުކްއިން ދަނީ ހަމަޖައްސަމުންނެވެ.
ބޮލުން ކަޓުވާލަނީ ދޯ؟ ސަރުކާރުގެ ޕުލެޓްފޯމެއްތަ؟ ދިވެހި ސަރުކާރުން ތީތި ބަލަހައްޓަދޭނެ. އެއީ ސަރުކާރުން ފޭސްބުކްއަށް ލާރި ދޭ ގޮތަށް. ޖީއެމްއާރު ކަހަލަ ކޮންޓްރެކްޓެއް ހެދިދާނެ