ދުނިޔޭ ސިޔާސީ މައިދާނުން މިވަގުތު ފެންނަން ތިބި ޕޮލިޓީޝަނުންނަށް ބަލާއިރު އެންމެ އިސްކޮޅުން ދިގު ސިޔާސީ ޝަހްސުގެ ޝަރަފު، ނިއު ޔޯކް ސިޓީގެ ކައުންސިލަރެއް ކަމަށްވާ ރޮބާޓް ކޯނަޖީ ޖޫނިއާ ކަށަވަރު ކުރައްވައިފިއެވެ.

ބްރޫކްލިންއަށް ނިސްބަތްވާ ކައުންސިލަރު ރޮބާޓް ކޯނަޖީ ޖޫނިއާގެ އިސްކޮޅުގައި ހަ ފޫޓު 10 އިންޗި ނުވަތަ 208 ސެންޓިމީޓަރު ހުރެއެވެ.

ގިނިސް ބުކް އޮފް ވާލްޑް ރެކޯޑްސްއިންވެސް މިހާރު ވަނީ، މިވަގުތު ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ދިގު ފިރިހެން ސިޔާސީ ޝަހްސުގެ ރެކޯޑް ރޮބާޓް ކޯނަޖީ ޖޫނިއާއަށް އަރުވާފައެވެ.

ރޮބާޓް ކޯނަޖީ ޖޫނިއާ ވިދާޅުވީ، އެ ޝަރަފު ހޯދުމުގެ މަސައްކަތް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ ފެއްޓެވީ، އެކުގައި މަސައްކަތްކުރެއްވި ފަރާތަކުން ކުރެއްވި ސަމާސާއަކަށް ފަހުގައި ކަމަށެވެ.

އެންމެ އިސްކޮޅުން ދިގު ސިޔާސީ ޝަހްސުގެ ޝަރަފު، ނިއު ޔޯކް ސިޓީގެ ކައުންސިލާ ރޮބާޓް ކޯނަޖީ ޖޫނިއާ އާއި ގިނިސް ވާލްޑް ރެކޯޑްސް އިން ހަވާލުކުރަނީ/ފޮޓޯ: ޓޮރޯޏްޓޯ ސްޓާ

ރޮބާޓް ކޯނަޖީ ޖޫނިއާ ވިދާޅުވާ ގޮތުގައި، އިސްކޮޅުން ދިގުވުމުގެ ސަބަބުން ކުރިމަތިލައްވަންޖެހިވަޑައިގަންވާ ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ހެޔޮވަރު އަންނައުނާއި ބޫޓު ހޯއްދެވުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުއްލަވަންޖެހިވަޑައިގަންނަވާކަމަށް ރޮބާޓް ކޯނަޖީ ޖޫނިއާ ވިދާޅުވެއެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ، އިނގިރޭސިވިލާތުގެ ގާނޫ ހަދާ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ސާ ލޫއީ ގްލަކްސްޓީންގެ އަތްޕުޅުގައެވެ. އެމްޕީ ގްލަކްސްޓީންގެ އިސްކޮޅުގައި ހުންނަނީ ހަ ފޫޓު 7.5 އިންޗި ނުވަތަ 202 ސެންޓިމީޓަރެވެ. ނަމަވެސް 1979 ވަނަ އަހަރު އޭނާ އަވަހާރަވުމާއެކު ދެންވެސް މިޝަރަފު އޮތީ އިނގިރޭސި ސިޔާސީ ޝަހްސެއްގެ އަތްޕުޅުގައެވެ. ނަމަވެސް، އޭނާގެ އިސްކޮޅުގައި ހުރީ ހަ ފުޓޫ ހަ އިންޗިއެވެ.