މި މަހުގެ 15 ވީ ހުކުރު ދުވަހު ނިއުޒިލަންޑްގް ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީ 50 މީހުން މަރާލި ހަދިސާއިން ކިރިއާ ސަލާމަތްވި ބަންގްލަދޭޝްގެ ކުރިކެޓް ކުޅުންތެރިޔާ މަހުދީ ހަސަން ކައިވެނިކޮށްފިއެވެ.

ބަންގްލަދޭޝްގެ ޓެސްޓް ކުރިކެޓް ޓީމުގެ އޯފް ސްޕިނާއެއްގެ މަގާމަށް ކުޅެމުން އަންނަ މަހުދީއާއި އޭނާގެ ޓީމު ނިއުޒިލަންޑަށް ކުރި ދަތުރުގައި، ކްރައިސްޓްޗާޗުގައި ފުރަތަމަ ހަމަލާ ދޭން ފެށި މިސްކިތް ކައިރިން ދަތުރުކުރީ އޮސްޓްރޭލިއާގެ ޓެރަރިސްޓް ބަޑީގެ ހަމަލާތައް ދޭން ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

ޓީމުގެ މެނޭޖަރުގެ ގޮތުގައި ހުރި ޚާލިދު މަސްހޫދު ބުނީ މަދު މިނެޓް ކޮޅެއް ލަސްވިކަމުގައި ވީ ނަމަވެސް އެމީހުންގެ ދުވަސްވެސް ދިޔައީސް ކަމަށެވެ.

މަހުދީ ކައިވެނި ކުރީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާބިޔާ އަހުތަރު ޕްރިތީއާއިއެވެ. މި ކައިވެނި ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ޚުލްނާ ސިޓީގައެވެ.

ޕޭސް ބޯލަރެއްގެ މަގާމަށް ކުޅެމުން އަންނަ މުސްތޮފިއްޒޫރު ރަޙުމާންވެސް ދަނީ ކައިވެންޏަކަށް ތައްޔާރުވަމުންނެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި، ލިބިފައިވާ ޝޮކުން މުސްތޮފިއްޒޫރަށް ސަލާމަތްވެވެން އޮތީވެސް ކައިވެނިކޮށްގެންނެވެ.

ބަންގްލަދޭޝްގެ ކުރިކެޓް ޓީމުން ނިއުޒީލަންޑްގައި ހަރަކާތްތެރިވަމުންދިޔައީ ހޮނިހިރު ދުވަހު ނިއުޒީލަންޑްގެ ޓީމަކާއިއެކު ކުޅެން ހަމަޖެހިފައިވާ އޮތް މެޗަކާ ދިމާކޮށެވެ. ނަމަވެސް ކްރައިސްޓްޗާޗުގެ 2 މިސްކިތެއްގައި ދިން ހަމަލާތަކާ ގުޅިގެން މިމެޗް ކެންސަލް ކުރުމާއެކު ބަންގާޅު ޓީމުންވަނީ އެނބުރި ގައުމަށް ގޮސްފައެވެ.