ކުޅިވަރުގެ ދުނިޔެ ދުށް އެންމެ ނުފޫޒުގަދަ ފަހުލަވާނުންގެ ތެރޭގައި ހިމެނޭ ފޯމިއުލާ ވަންގެ ރޭސް ޑައިރެކްޓާ ޗާލީ ވައިޓިންގް މަރުވެއްޖެއެވެ.

އުމުރުން 66 އަހަރުގެ ޗާލީ ވައިޓިންގް މަރުވީ، ޕަލްމޮނަރީ އެމްބޮލިޒަމް ނުވަތަ ހިތުން ފުއްޕާމެއަށް ލޭ ފޮނުވާ އާޓަރީގައި ބްލޮކެއް އިނދެގެން ކަމަށް ޚަބަރު ލިބިއެވެ.

ޗާލީ ވައިޓިންގް މަރުވިއިރު އޭނާ ދިޔައީ ހަފުތާ ބަންދުގައި އޮސްޓްރޭލިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން ގްރޭންޑް ޕްރީ ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އިންޓަނޭޝަނަލް އޮޓޯމޮބީލް ފެޑެރޭޝަން (އެފް.އައި.އޭ) ގެ ރައީސް ޖޮން ޓޯޑް ވިދާޅުވި ގޮތުގައި، ޗާލީ ވައިޓިންގްއަކީ ފޯމިއުލާ ވަންގެ ގަވައިދުތަކާއި އުސްލޫބީ ހަމަތަކުގެ ރޫހު ދެމެހެއްޓި ޝަހްސިއްޔަތެވެ.

ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި 1988 ވަނަ އަހަރު އެފް.އައި.އޭއާއި ގުޅުނު ފަހުން، މަރުދުވަހާ ޖެހެންދެންވެސް ޗާޅީ ވައިޓިންގްގެ ޚިދުމަތް އެފް.އައި.އޭވަނީ ލިބިފައެވެ. ނަމަވެސް ފޯމިއުލާ ވަން ރޭސިންގްގެ ދާއިރާގައި އޭނާ ވަނީ 50 އަކަށް އަހަރު މަސައްކަތް ކޮށްފައެވެ.