އަނގަޔަށް މީރީ ފެހި މިރުހެއްހެއްޔެވެ؟ ނޫނީ ރަތް މިރުހެއްހެއްޔެވެ؟ ނޫނީ ތަފާތަކީ ކުލަ އެކަނި ހެއްޔެވެ؟

މިރުހާއި ނުލާ ހަގީގީ ދިވެއްސެއްގެ ދިވެހި ކެއުން ފުރިހަމަ ނުވާއިރު، އެންމެ އާންމުކޮށް ފެންނަނީ ފެހި މިރުހާއި ރަތް މިރުސް ބޭނުންކުރާތީއެވެ. ރަނގަޅަށް ވިސްނައިފިނަމަ މި ދެ ބާވަތުގެ ރަހައިގެ ތަފާތު ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން ރަތް މިރުހާއި ފެހި މިރުގެ ސިއްހީ ފައިދާތައްވެސް ތަފާތެވެ. ގަހުގައި އަޅާއިރު ފެހިކޮށް ހުންނަ މިރުސް ހިއްކާލުމުން ރަތްކުލައަށް ބަދަލުވާއިރު، އޭގައި އެކުލެވޭ ހުރިހާ ފެނެއް ނެދިގޮސް މިރުގެ ރަހަގަނޑު އިތުރަށް ގަދަވެއެވެ. މިއާ ހިލާފަށް ގަހުގައި އަޅާއިރު ރަތްކޮށް ހުންނަ މިރުސް ހިއްކާލުމުން ރަތްކުލައިރާއިރު މި ބާތުގެ މިރުހައި ހުންނަ ގިނަ އަދަދެއްގެ ނިއުޓްރިއަންޓްސްތައް ވެސް ނެތިދެއެވެ.

ރަތް މިރުހާއި ފެހި މިރުހުގެ ކޯޅުން

މުގުރު ރަތް މިރުހާއި ފެހި މިރުހުގެ ސިއްހީ ފައިދާތަކަށް ބަލާއިރު ނަސީބު އޮތީ ފެހިމިރުހަށެވެ. މިރުހުގައި އެކުލެވޭ ފެނުގެ މިންވަރު ފެހިމިރުގައި ގިނަވެފައި، މި ބާވަތުގެ މިރުހައި އެއްވެސް ވަރަކަށް ކެލަރީޒް އެކުލެވިގެން ނުވާ ކަމަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން ފެހި މިރުސް ހިޔާރުކުރަންވީ ސަބަބެކެވެ. މީގެ އިތުރުން ފެހި މިރުހަކީ ބީޓާ-ކެރޮޓީންއާއި އެންޓި އޮކްސިޑަންޓްސްއާއި އެންޑޯފީންސްއިން މުއްސަނދިވެފައިވާ މިރުހެކެވެ. މިއާ ޚިލާފަށް މާގިނައިން ރަތް މިރުސް ބޭނުންކުރުމަކީ އެތެރެހަށީގެ އެކި ކަހަލަ އުނދަގޫތަކާއި ކުރިމަތިކުރުވާ ކަމެކެވެ. ބައެއް ފަހަރު، ގޮހުގައި ފާރު ހެދޭ ގޮތްވެސްވެއެވެ. މީގެ އިތުރުން އިމްޕޯޓްކޮށްގެން ވިއްކާ މުގުރި ރަތް މިރުހުގެ ބައެއް ބާވަތްތަކަކީ ސިއްހަތަށް ގެއްލުންދެނިވި މާއްދާތަކުން ކުލަ ގެނެސްފައިވާ އުފެއްދުންތަކެއް ކަމުގައިވުމުގެ ފުރުސަތުވެސް އޮވެއެވެ.

ފެހި މިރުހުގެ ސިއްހީ ފައިދާ

ފެހި މިރުގެ އެންމެ ބޮޑު އެއް ފައިދާއަކީ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ ދިނުމެވެ. ގަވައިދުން ފެހި މިރުސް ބޭނުންކުރުމަކީ ހަށިގަނޑުގައި އިންސިއުލިން މޭނެޖުކުރުމަށް އެހީވެދީ، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެކެވެ.

ފެހި މިރުގައި އެކުލެވޭ ފައިބާ މާއްދައަކީ ހަޖަމު ކުރުމަށްވެސް އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން ފެހި މިރުހުގައި އެކުލެވޭ ވިޓަމިން އީ އާއި ސީ އަކީ ހަނގަނޑުވެސް ރީތިކޮށްދޭ މާއްދާތަކެއްކަން ފާހަގަކުރަންޖެހެއެވެ.

ފެހި މިރުހުގައި އެކުލެވޭ ބީޓާ-ކެރޮޓީންއަކީ ހިތުގެ ހިނގުމުގެ ނިޒާމު ވަކި ހަމައެއްގައި ހިފަހައްޓާލުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ވަރުގަދަކޮށްދެއެވެ. މިއާއެކު ފެހި މިރުހަކީ، ހަށިގަނޑުން ކެލަރީޒް އަންދާލުމަށްވެސް އޮތް މަގެކެވެ. ފެހި މިރުހުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް މަތިވެ، ބަރުދަން ލުއިކުރުމަށް އެހީވެދެއެވެ.

ރަތް މިރުހުގެ ފައިދާ

މާ ގިނައިން ބޭނުންކޮށްފިނަމަ ގެއްލުންތަކެއް ކުރިމަތިވީ ކަމުގައި ވީނަމަވެސް، ރަތް މިރުހުގައި ފައިދާތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ރަތް މިރުހުގައި އެކުލެވޭ ޕޮޓޭސިއަމްއަކީ ހަށިގަނޑުގައި ލޭ ދައުރުކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ ސަބަބުން، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން އެހީއަކަށްވެއެވެ.

ފެހި މިރުހެކޭ އެއްގޮތަށް ރަތް މިރުހަކީވެސް ކެލަރީޒް އަންދައިދޭ މިރުހެކެވެ. ރަތް މިރުހުގައި އެކުލެވޭ ކެޕްސެއިސިން މާއްދާގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އިތުރުކޮށްދީ، ސީދާ ގޮތުން ކެލަރީޒްތައް އަންދާލަދެއެވެ.

މީގެ އިތުރުން ރަތް މިރުހުގައި އެކުލެވޭ ވިޓަމިން ސީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ދާއިމީ ބަލިތަކުން ދުރުކޮށްދޭ މާއްދާއެކެވެ. ހަމަ މިއާއެކު ރަތް މިރުހުގައި އެކުލެވޭ އެންޓިއޮކްސިޑަންޓްގެ މާއްދާތަކަކީ ލޭނާރާއި ލޭ ހޮޅިތައް ބެދުމުން ސަލާމަތްކޮށްދިނުމަށް މަގުފަހިކުރާ މާއްދާތަކެކެވެ.

ހިކި މިރުސްތަ؟ މުގުރި މިރުސްތަ؟

ސިއްހީ ކައްޓާއަކުން އަޅާ ކިރާއިރު މުގުރި ރަތް މިރުހަށްވުރެ ރަނގަޅި ހިއްކާފައި ހުންނަ މިރުހެވެ. ހިއްކާފައި ހުންނާތީ ފެންނަ ރަތްކޮށް ހުންނަ މިރުހަކީ ހަގީގަތުގައި، ހިއްކާފައި ހުންނަ ފެހި މިރުހެވެ. އޭގައި އެކުލެވޭ ކުޅި ކަމަށްވުރެ ބޮޑަށް، ހިއްކާފައި ހުންނަ މިރުސް ބޭނުންކޮށް އުޅެނީ މިރުހުގެ ރަހަގަނޑު ހެޔޮވަރުކޮށްލުމަށެވެ. މިއާ ހިލާފަށް މުގުރާފައި ހުންނަ ރަތް މިރުހަކީ މަސްނޫއީ އެތައް މާއްދާއެއް އެއާ އެއްކޮށްފައި ހުންނަ އުފެއްދުންތަކަކަށް އޮންނަނީ ވެފައެވެ. މުގުރި މިރުސް ޕެކެޓުތަކަކީ އާޓިފިޝަލް ކުލައިގެ އިތުރުން ފްލޭވަރިންގްވެސް ބޭނުންކޮށްފައި ހުންނަ އުފެއްދުންތަކެކެވެ.

މިރުސް ކާންވީ ކިހިނެއް؟

ރަތް މިރުހެއް ކަމުގައި ވިއަސް، ނުވަތަ ފެހި މިރުހެއް ކަމުގައި ވީނަމަވެސް، މިރުސް ކާން ބޭނުންނަމަ ކާންވީ ރޮލާއެވެ. މިއީ މަސްނޫއީ، ގެއްލުންދެނިވި މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށް އެޅެން އޮތް އެންމެ ފަސޭހަ ފިޔަވަޅެވެ. ގިނަ ދުވަހަށް މިރުސް ރައްކާތެރިކޮށް، ތާޒާކަންމަތީ ބަހައްޓަން ބޭނުންނަމަ، ފުރިޖުގައި މިރުސް ރައްކާ ކުރާށެވެ.