ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ޕީއެންސީ ކޯލިޝަނުން އިއުލާނު ކޮށްފިއެވެ.
މިކަން އިއުލާނުކޮށް، ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) އިން ބުނެފައިވަނީ، މި މުޒާހަރާތަކަކީީ ޕީއެންސީއާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާ ތަކެއް ކަމަށެވެ. މި މުޒާހަރާތަކުގައި ދެޕާޓީގެ ހުރިހާ މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވުމަށް، މިކަން އިއުލާނުކޮށް ޕީއެންސީއިން ކުރި ޓްވީޓުގައި އެދިފައިވެއެވެ.
މިކަމާ ގުޅުން ހުރި އިތުރު ތަފްސީލް ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން 'ދަޕްރެސް'އަށް މައުލޫމާތުދެއްވިއެވެ.
ޔާމީން ހައްޔަރު ކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް، އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްގައި، އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން، ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައި، ޕްރޮގްރެސިވް ކޯލިޝަނުން އިހުތިޖާޖު ކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން މީގެ ދެދުވަސްކުރިން މަޖިލީހަށް ގާރާރެއްވެސް ހުށައަޅާފައިވެއެވެ.މީގެ އިތުރުން ޔާމީން މިނިވަންކުރުމަށް ބޭރުގެ ޖަމާއަތަކުން ވެސް ދިވެހި ސަރުކާރަށް ގޮވާލައިފައި ވެއެވެ.
21 ރޭ ހިފަހަށްޓާލެވިއްޖެއާ ވެރިކަންވެސް ވައްޓާލެވޭނެ.
އެއްވެސް ޤައުމަކުން ގޮވާލިތަ؟
މާލޭގެ މަގުތައް ހަލަބޮލިކުރަން ޖާގަ ނުދޭނެ ކަމައް އުއްމީދު ކުރަން. ހައްޔަރުކުރީ ސަޖިދާގާއޮވާތޯ ވައްކަން ވާނީ ތިޖޫރީ ވަގަށް ނެގީމަތޯ ނޫ ބަޔަކު ވަގަށް ލާރިނަގާފަ ތިމާގެ އެކައުންޓައް ލީމަވެސް ވާނީ ހަމަ ވައްކަމެއް ކުރި މީހެކޭ ހިފި މީހެކޭ ވާނީ އެއްވަރު
1.3 މިލިއަން ކާލީމަވެސް މުޒާހަރާ ކުރީމަ ދޫކުރަންވީތޭ؟