މުދާ ބާލަން އޮތް ޕެޕްސީ ލޮރީއެއް ފޭރިގަނެގެން ދުއްވުމުން ގޮސް ސްކޫލް ކުދިން އުފުއްލާ ބަހެއްގައި ޖެއްސި މީހަކު އެމެރިކާގެ ޓަލްސާއިން ހައްޔަރުކޮށްފިއެވެ.

ސްޓީވަން ހާޓް ނަމަކަށް ކިއާ މީހާ ބުނި ގޮތުގައި މުދާ ހުސްކުރަން އޮތް ޕެޕްސީ ލޮރީއަށް އަރައިގެން އޭނާ ދުއްވީ ލޯބިވެރިޔާއާއި ފިލަންވެގެން އެއާޕޯޓަށް ދިއުމަށް ކަމަށެވެ. ހާޓްގެ ލޯބިވެރިޔާ ބުނީ، ހާޓް އޭނާ ހޯދަން ދުއްވާކަމަށެވެ.

ޕެޕްސީ ލޮރީއަށް "ވަގަށް"އަރައިގެން ދުއްވާލިއިރު، ލޮރީގެ އަސްލު ޑްރައިވަރު ހުރީ މުދާ ބާލަންށެވެ. ކުޑަނުވާނެ ގޮތަކަށް ލޮރީ ގުޑާ ކަމުގެ އިހުސާސް ކުރެވިގެން ޑްރައިވަރު ލޮރީއިން ފުންމާލިއެވެ.

ފުލުހުންނަށް މި ލޮރީ އާއި ހާޓް އަތުލެވުނީ ސްކޫލެއްގެ ބިއްދަށުގައި އޮތް ބަހެއްގައި ޖެހުނު ހިސާބުންނެވެ. އޭރު ބަހުގައި އެއްވެސް ދަރިވަރަކު ނެތެވެ.

ކުރިންވެސް އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަކާއި ގުޅިގެން ހާޓް މިވަގުތު ހުރީ ޖަލުގައެވެ.