ޖަޕާނުގެ ޖައްވީ އުޅަނދު ހަޔާބޫސާ -2، ކާމިޔާބު ކަމާއިއެކު އެސްޓެރޮއިޑް ނުވަތަ ގިނިހިލައެއްގައި ޖައްސައިފިއެވެ.

މި މިޝަންގެ އަމާޒަކީ ރިޔޫގޫގެ ނަމުން ނަންދީފައިވާ އެ ގިނިހިލައިގެ ސަތަހައިން ސާމްޕަލްނެގުމެވެ.

ހަޔަބޫސާ-2، ރިޔޫގޫ ގިނިހިލައިގައި ޖައްސާފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ރިޔޫގޫ ގިނި ހިލަޔާއި ހިސާބަށް ހަޔަބޫސާ-2އަށް ދެވުނީ ދުނިޔެއިން ފަށައިގެން ކުރި 3 އަހަރާއި ބައިގެ ދިގު ދަތުރަކަށް ފަހުގައި، 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ރިޔޫގޫއިން ނެގި ސާމްޕަލްތަކާއިއެކު ހަޔަބޫސާ-2 ދުނިޔޭގެ ބިމަށް އެނބުރި އަންނާނެ ކަމަށް ލަފަކުރެވެނީ 2020 ވަނަ އަހަރުއެވެ.