ގެއްލިފައިވާތާ ގިނަ އަހަރުތަކެއް ފަހުން، ދުނިޔޭގެ އެންމެ ބޮޑު ކުޅަނދުރު އަނެއްކާވެސް ފެނިއްޖެއެވެ.

ބޮޑު މީހެއްގެ ބޮޑުވައިއިނގިލިހާ ބޮޑު މި ކުޅަނދުރު ފެނިފައިވަނީ އިންޑޮނޭޝިއާގެ ރަށަކުންނެވެ.

ދިރާސާ ޓީމުން ކުރި ބުރަ މަސައްކަތުން ފެނިފައިވަނީ މި ޒާތުގެ އެންމެ ކުޅަނދުރެކެވެ. ފެނިފައިވަނީ އަންހެން ކުޅަނދުރެކެވެ.

ޓީމުގެ ބައިވެރިންވަނީ މި ކުޅަނދުރުގެ ވީޑިއޯއާއި ފޮޓޯ ހިއްސާކޮށްފައެވެ.

މިޒާތުގެ ކުޅަނދުރަށް ކިއާއުޅެނީ ވޮލަސް ޖަޔަންޓް ބީއެވެ. އެއީ އިނގިރޭސިވިލާތުގެ ސައިންސްވެރިޔާ ރަސަލް ވޮލަސްއަށް ނިސްބަތްކޮށެވެ.

ވޮލަސް އާއިލާގެ ކުޅަނދުރުތަކެއް އެންމެ ފަހުން ފެނިފައިވަނީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން މިޒާތުގެ ކުޅަނދުރުގެ ހިލަމެއްވެސްވެފައެއް ނުވެއެވެ.