މަޝްހޫރު ސްމާޓްފޯނު ކުންފުނި ސަމްސަންގްގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލައިފިއެވެ.

ސަމްސަންގް ކުންފުނިންވަނީ ފަތްޖަހާލެވޭ ސްމާޓްފޯން "ގެލެކްސީ ފޯލްޑް"އާއި ފައިވް ޖީ "ގެލެކްސީ އެސް 10"ގެ އިތުރުން "އެސް 10" ރޭންޖުގެ ތަފާތު 3 ފޯނެއް ދައްކާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ގެލެކްސީ ފޯލްޑް ފޯނުތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ބާޒަރަށް ނިކުންނާނެއެވެ. މިއީ ކުރިން ހީކުރެވުނު މުއްދަތަށް ވުރެ އަވަސް ތާރީހެކެވެ.

ގެލެކްސީ އެސް10 ފައިވްޖީއަކީ އެންމެ ބޮޑު ޑިސްޕްލޭއަކާއިއެކު ސަމްސަންގްއިން ބާޒާރަށް ނެރޭ ފޯނެކެވެ. ސަމްސަންގް ކުންފުނިން ބުނާ ގޮތުގައި މިއީ ފައިވް ޖީ ނެޓްވާކް ހިދުމަތްތައް ތައާރަފުވެގެން އަންނައިރު އެންމެ ހަލުވި ޑޭޓާ ލިބޭނެ ބްރޭންޑެވެ.

އެސް 10 މަރުކާގެ ބަޖެޓް ފޯނެއްވެސް ސަމްސަންގްއިން ވަނީ ދައްކާލާފައިއެވެ.