ޔޫޓިއުބްގައި އެ ކުންފުނިތަކުގެ އިސްތިހާރުތައް އަންނަނީ ފުރައްސާރަޔާއި ނުރަނގަޅު މެސެޖުތައް ފޯރުކޮށްދޭ ކޮންޓެންޓް އެކުލެވޭ ވީޑީއޯތަކަށް ފަހުގައި ކަމަށް ބުނެ ނެސްލޭއާއި އެނޫންވެސް އެފަދަ ބޮޑެތި ކުންފުނިތަކުން ޔޫޓިއުބްގައި އިސްތިހާރު ކުރުން ހުއްޓާލައިފިއެވެ.
ނެސްލޭއިން މިފިޔަވަޅު އަޅާފައި ވަނީ ނަހަމަ ޖިންސީ ގުޅުންތަކުގެ ޝިކާރައަކަށް ކުޑަކުދިން ހެދުމުގެ ބޮޑު ނެޓްވާކެއް ހުއްޓުވުމަށް ޔޫޓިއުބް ފެއިލްވެފައިވާކަމުގެ ތުހުމަތުތަކެއް، މަޝްހޫރު ވީޑިއޯ ބްލޮގަރަކު ފެންމަތިކޮށްފައި ވަނިކޮށެވެ.
ވްލޮގާ މެޓް ވޮޓްސަން ބުނީ ޅަ އަންހެން ކުދިންގެ މަންޒަރުތައް ދައްކުވާދޭ ވީޑިއޯތަކާއި، އެކުދިންނަށް ޖިންސީ ފުރައްސާރައިގެ މަސްތައް އަމާޒުކޮށްފައި ހުންނަ ކޮމެންޓްތައް ފަސޭހަކަމާއިއެކު ޔޫޓިއުބްއިން ފެންނަން ހުންނައިރު އެކަން ހުއްޓުވިފައި ނުވާކަމަށެވެ.
ޔޫޓިއުބްއިން ބުނީ މިފަދަ އެކައުންޓްތައް ޑިލީޓްކުރަމުން އަންނަކަމަށެވެ.
އެބުނާ ވީޑިއޯތަކަކީ ޖިންސީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކަށް ނުވި ނަމަވެސް، މައުސޫމު ގޮތެއްގައި އެކުދިން ކުރާ ބައެއް ހަރަކާތްތަކުން ނުބައި މަނާ ނަގައިގެން ބައެއް ފަރާތްތަކުން ނަމަ ބޭނުން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ޑިޒްނީއާއި ނެސްލޭގެ އިސްތިހާރުތަކަށްފަހު ނޭދެވޭ ޖިންސީ އަމަލުތައް ފެންނަ ވީޑިއޯ ރެކޮމެންޑް ކުރާ މައްސަލަތަކެއްވެސް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.