އިންޑިއާއިން އާދަޔާ ހިލާފު، އާ ބޮކެއް ފެނިއްޖެއެވެ.

މި ބޮއް ފެނިފައިވަނީ އިންޑިއާގެ މަގެއްގެ މަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.

ދިއްލީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލުކުރަމުންދާ ސޮނާލީ ގާގްއާއި އޭނާގެ ސުޕަވައިޒާ އެސް.ޑީ ބިޖޫއަށް ބޮއް ފެނިފައިވަނީ އިންޑިއާގެ ދެކުނުގައި އޮންނަ، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ސަރަހައްދަކުންނެވެ.

މި ބޮކަކީ އިންޑިއާއިން މުޅިން އަލަށް ފެނުނު ބޮކުގެ ބާވަތެއް ކަމަށްވާ ޖީނަސް އާއިލާގެ ބޮކަކަށްވާއިރު، ސައިންސްވެރިން މިއަށް ކިއާ އުޅެނީ މިސްޓިސެލަސްއެވެ. އެއީ ލެޓިން ބަހުން "މިސްޓްރީ"އާއި ލ"ލިޓްލް"އަށް ކިއާ އުޅޭ ލަފުޒުތައް އެއްކޮށްލައިގެން އުފެއްދި ނަމެއްކަމަށްވެއެވެ.

މި ބޮއް ހޯދާފައިވަނީ ތިން އަހަރުގެ ބުރަ މަސައްކަތުން ކަމަށް ޚަބަރުތައް ބުނެއެވެ.