ރަޝިޔާއިން ކުރިއަށް ގެންދާ ސައިބާ ޑިފެންސް މަޝްރޫއުގެ ތަހުލީލުތަކުގެ ތެރެއިން، ދުނިޔޭގެ އިންޓަނެޓް ނެޓްވާކުން ވަކިވުމަށް ރަޝީޔާއިން ވިސްނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ރަޝިޔާއިން މި ގޮތަށް ނިންމައިފިނަމަ އެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންލައިން މައުލޫމާތު ބަދަލު ކުރެވިގެންދާއިރު، ބައިނަލްއަގުވާމީ ރޫޓަކުން އެ މައުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މެސެޖުތައް ދައުރުވާނީ ރަޝިޔާގެ ދާހިލީ ނެޓްވާކެއްގެ ތެރެއިންނެވެ.

ރަޝިޔާގައި އެކުލަވާލާފައިވާ ވަގުތީ ގާނޫނެއް ބުނާ ގޮތުގައި، މިނިވަންކަމާއިއެކު މައުލޫމާތު ބަދަލު ކުރެވުމުގެ ނިޒާމެއް އެގައުމުގައި ގާއިމު ކުރަންޖެހެއެވެ. މި ގާނޫނުގެ ދަށުން ކުރަންޖެހޭ ޓެސްޓުތައް އޭޕްރިލް 1 ވަނަ ދުވަހުގެ ކުރިން ކުރަންޖެހޭއިރު، ބައިނަލްއަގުވާމީ ނެޓްވާކުން ރަޝިޔާ ވަކިވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ދުނިޔޭގެ އޮންލައިން ޕްލެޓްފޯމުން ރަޝިޔާ އެކަހެރި ކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތްކޮށްފި ހިނދެއްގައިވެސް ހިދުމަތަށް ބުރޫއެރުމެއް ނެތި، މިނިވަންކަމާއިއެކު އިންޓަނެޓްގެ ހިދުމަތް އެ ގައުމުގައި ލިބެން އޮތުމަށް މި ގާނޫނު ލާޒިމުކުރެއެވެ.

އިންޓެނެޓް މެދުވެރިކޮށް އަމާޒުވާ ގިނަ ހަމަލާތަކެއްގެ ފެށުން އަންނަނީ ރަޝިޔާއާއި ހިސާބުން ކަމަށްވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ރަޝިޔާއަށް އިންޒާރުގެ މެސެޖުތައް ދެމުންނެވެ.