"ކަމާކެމި" އިންމޭޓްސް ކްރިއޭޓިވް ފެއާ 2019 ހުޅުވުން

13 April 2019, 12:40
"ކަމާކެމި" އިންމޭޓްސް ކްރިއޭޓިވް ފެއަ 2019 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުއްވައި ދެއްވީ ކ.މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މިފެއާ އަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފެއާ އެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ރައީސް ސޯލިހަށް ވެދުމުގެ ގޮތުގައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.