ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކުރި 'N1 ސްޕޯޓްސް ޕާކު' ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭ ފޭސް އެކެއްގެ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ތަރައްގީކޮށްފައިވާ މި ސްޕޯޓްސް ޕާކު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕާކް ހުޅުއްވައިދެއްވީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމް އެވެ. މި ސްޕޯޓްސް ޕާކަކީ އެކި ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން މި ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ. އަދި މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ޕާކިންގް ޒޯނެއްވެސް ތަރައްގީކޮށްފައި ވެއެވެ.
ހުޅުމާލޭގައި ތަރައްގީކުރި އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށްފަހު އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު ކުޅިވަރުގައި ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ދަ ޕްރެސް
ހުޅުމާލޭގައި ތަރައްގީކުރި އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށްފަހު ކުރިއަށްގެންދިޔަ ކިކް އޮފް މެޗްތައް / ފޮޓޯ: ދަ ޕްރެސް
އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަލްޝާ ޝަރީފް މީޑިއާތަކަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: ދަ ޕްރެސް
ހުޅުމާލޭގައި ތަރައްގީކުރި އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށްފަހު ކުރިއަށްގެންދިޔަ ކިކް އޮފް މެޗްތައް / ފޮޓޯ: ދަ ޕްރެސް
އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
ހުޅުމާލޭގައި ތަރައްގީކުރި އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށްފަހު ކުރިއަށްގެންދިޔަ ކިކް އޮފް މެޗްތައް / ފޮޓޯ: ދަ ޕްރެސް
އެން1 ސްޕޯޓްސް ޕާކް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް