މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެމްޓީސީސީ މެދުވެރިކޮށް އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ރައީސްގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 150 ކާރާ އެކު ފެށި މި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. މިއީ ގިނަ ރައްޔިތުންތަކެއް އެދި އެދި ތިބި ހިދުމަތަކަށްވާއިރު މި ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އެމްޓިސީސީގެ މުވައްޒަފުން / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ކާރުތައް / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު އަމީން / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް
އެމްޓިސީސީގެ މުވައްޒަފުން / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު، އަމީން ވާހަކަދައްކަވަނީ / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ކާރުތައް / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވަނީ / ފޮޓޯ: ދަ ޕްރެސް
މާލެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ސައުދީ ވާހަކަދައްކަވަނީ