ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ދަތިކަމާ ހުރެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އިއްޔެ ވަނީ ރިޔާސީ ގަނޑުވަރަށް ވަދެގެންފައެވެ. އިއްޔެ އެތައް ބަޔަކު ރިޔާސީ ގަނޑުވަރަށް ވަން އިރު ލައްކައަކަށް ވުރެ ގިނަ މީހުން މުޒާހަރާގައި ބައިވެރިވި ކަމަށް ހަބަރުތައް ބުނެއެވެ. މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކަށް ވީ، ރައީސް އާއި ބޮޑުވަޒީރު ވަގުތުން އިސްތިއުފާ ދިނުމެވެ. މިއާއެކު ރައީސް އާއި ބޮޑުވަޒީރު ވަނީ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައެވެ.
ލަންކާގައި ތެލާއި، ކާބޯތަކެއްޗާައި ބޭހަށް ޖެހި އިގުތިސޯދީ އާންމު ހާލަތު އިންތިހާއަށް ދަށަށް ގޮސްފައި ވާ މި ދަނޑިވަޅުގައި ގަނޑުވަރަށް ވަނުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ބުނެފައި ވަނީ، ލަންކާ މިއަދު ދެކެމުން ދަނީ މީގެ 70 އަހަރުގެ ކުރީގެ ތާރީހުގައިވެސް އެގައުމު ނުދެކޭ ވަރުގެ ތަދުމަޑުކަމެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރު ސަރަހައްދަށް އެއްވެފައި / ފޮޓޯ: އަމީތާ ތެންނަކޫން - އޭޕީ
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރަށް ވަދެ ޕޫލްގައި / ފޮޓޯ: ގެޓީ އިމޭޖަސް
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރަށް ވަދެ ގޯތިތެރޭގައި / ފޮޓޯ: ގެޓީ އިމޭޖަސް
މުޒާހަރާގެ ބައިވެރިން ދުރައް ޖެއްސުމަށް ފުލުހުން ކަރުނަގޭސް ބޭނުން ކުރުމުން މުޅި ސަރަހައްދު ދުމުން ފުރިފައި / ފޮޓޯ: ދިނޫކާ ލިޔަނަވައްޓެ - ރޮއިޓާސް
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރު ދޮރުމަތީގައި / ފޮޓޯ: ތިލިނާ ކަލުތޮގަޓޭ - އޭޕީ
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރަށް ވަދެ / ފޮޓޯ: ގެޓީ އިމޭޖަސް
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރަށް ވަދެ / ފޮޓޯ: ދިނޫކާ ލިޔަނަވައްޓެ - ރޮއިޓާސް
މުޒާހަރާގެ ބައިވެރިން ދިރައް ޖެއްސުމަށް ފުލުހުން ފެންޖަހަނީ / ފޮޓޯ: ދިނޫކާ ލިޔަނަވައްޓެ - ރޮއިޓާސް
މުޒާހަރާގެ ބައިވެރިއަކަށް އަނިޔާވެގެން ގެންދަނީ / ފޮޓޯ: ގެޓީ އިމޭޖަސް
މުޒާހަރާގެ ބައިވެރިން ދުރައްޖެއްދުމުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ދިނޫކާ ލިޔަނަވައްޓެ - ރޮއިޓާސް
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރަށް ވަދެ / ފޮޓޯ: އަމީތާ ތެންނަކޫން - އޭޕީ
މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ބެރިކޭޑް ކުރިމަތީގައި އިހުތިޖާޖު ކުރަނީ / ފޮޓޯ: ޕްރަދީޕް ދަމްބަރާޖް - ނޫރްފޮޓޯ
މުޒާހަރާގެ ބައިވެރިން ދުރައް ޖައްސަން ފުލުހުން ކަރުނަގޭސް ބޭނުން ކުރުމުން އަނިޔާވި މީހެއްގެ މޫނު ދޮންނަނީ / ފޮޓޯ: ދިނޫކާ ލިޔަނަވައްޓެ - ރޮއިޓާސް
މުޒާހަރާގެ ބައިވެރިން ލަންކާގެ ރިޔާސީ ގަނޑުވަރު ސަރަހައްދުގައި މުޒާހަރާ ކުރަނީ / ފޮޓޯ: ދިނޫކާ ލިޔަނަވައްޓެ - ރޮއިޓާސް