ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

1 ހަފްތާ ކުރިން ހަބަރު މުހައްމަދު އުސާމް
 
މީގެ ކުރިން ބްރިޖް މަތީ ހިނގި އެކްސިޑެންޓެއް / ފައިލް ފޮޓޯ

ހުޅުލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް މިރޭ 7:35 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ ހުޅުމާލެއަށް ދިޔަ ސައިކަލެއް ޔޫޓާން ނަގަން އުޅުމުގެ ތެރޭގައި ހުޅުލެއިން ހުޅުމާލެއަށް ދިޔަ ކާރެއްގައި ޖެހިގެން ކަމަށް މައުލޫމާތު ދެއްވިއެވެ.

އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން 26 އަހަރުގެ ފިރިހެނަކާއި ސައިކަލުގެ ފަހަތުގައިން 20 އަހަރުގެ އަންހެނަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ ދެ މީހުންނަށް ވެސް މިހާރު ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

އެ ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ލިބޭ ގޮތެއް އަދި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލް