ލޭބާ ޕާޓީ އުފެއްދުމުގެ ޖަލްސާ މިރޭ ދަރުބާރުގޭގައި

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
އީސީގެ ރައީސް އަހުމަދު ޝަރީފް ލޭބާ ޕާޓީ އުފެއްދުމުގެ ހުއްދަ ހަސީންއާ ހަވާލުކުރައްވަނީ / ފައިލް ފޮޓޯ

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމަށް ބާއްވާ އާންމު ޖަލްސާ މިރޭ ދަރުބާރުގޭގައި ބާއްވަން ނިންމައިފިއެވެ.

ލޭބާ ޕާޓީން ބުނީ، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ އަށެއް ޖަހާއިރު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި މި ޖަލްސާގައި ޕާޓީގެ ހިންގާ ގަވާއިދާ، ޕާޓީގެ ލޯގީ އަދި ވަގުތީ ހިންގާ ކޮމިޓީ ހޮވާނެ ކަމަށެވެ.

ލޭބާޕާޓީއަކީ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ. ޕާޓީ އުފެއްދުމަށް 3000 މެންބަރުންގެ ފޯމް ހަމަކޮށް މިދިޔަ ޑިސެމްބަރު މަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އީސީން ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ޕާޓީއަށް ދީފައެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާގޮތުން، އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފައްދަން ހުއްދަ ދޭތާ ތިން މަސް ތެރޭގައި އެ ޕާޓިއެއްގެ އާންމު ޖަލްސާ ބާއްވަން ޖެހޭނެއެވެ. އަދި ޖަލްސާ ބާއްވަން ޖެހޭނީ ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ފަހުގައެވެ. އަދި ޕާޓީ އުފައްދަން ބާއްވާ އާންމު ޖަލްސާ އިލެކްޝަންސް ކޮމިޝަނުން މޮނިޓާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލް