ޖޭއެސްސީން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނަން: ސުއޫދު

1 ހަފްތާ ކުރިން ހަބަރު ޙުސައިން މަޚްތޫމް
 
މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސޫދު / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

ގޭންގުތަކާއި ކޯޓުތަކާއި އޮތް ގުޅުން ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސޫދު ވިދާޅުވެއްޖެއެވެ.

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުއޫދު ވިދާޅުވެފައިވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށާއި، ފަނޑިޔާރުންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށެވެ. ސުއޫދުގެ މި ތުހުމަތާ ގުޅިގެން ޖޭއެސްސީން ވަނީ އެކަމުގެ ހަގީގަތް ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.

އަދި މި މައްސަލަ ބެލުމަށް ސުއޫދުގެ އެއްބާރުލުން ނުލިބޭކަނަށް ދާދި ފަހުން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ. އަދި ސުއޫދު އެއްބާރުލުން ނުދެއްވުމުން ދޭހަވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. މިކަން ބެލުމަށް ޖޭއެސްސީން ނިންމާ ސުއޫދުގެ އެހީތެރިކަން ލިބިވަޑައިނުގަތުމުން އެ ކޮމިޝަނުން ވަނީ ސުއޫދާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަަމަށް ވެސް ބުނެފައެވެ.

ނަމަވެސް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭންގުތަކާއިި ކޯޓުތަކާއި ގުޅުން އޮތްތޯ ބެލުމަށްޓަކައި ހުޅުވާލެފައިވާ ތަހުގީގެއް ހިންގުމަށް ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރެވޭނީ އެފަދަ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، އޭނާގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ގޭންގުތަކާއި ފަނޑިޔާރުންނާ އޮންނަ ގުޅުން ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ހަމަޖައްސާފައިވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. ރިފްއަތުގެ އިތުރުން ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލް