އެންމެ ރުޅިގަދަ ބުޅާ – އެލްބާޓް!

1 ހަފްތާ ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
ޕޮމްޕަސް އެލްބާޓް ބުޅާ/ފޮޓޯ: އިންސްޓަގްރާމް

ސެލްކާކް ރެކްސް އޭ ކިއާ ވައްތަރުގެ ބުޅާތަކަކީ އާންމު ގޮތެއްގައި ވަރަށް ރައްޓެހި، މަޖާ، "ލޯބި" ބުޅާތަކެކެވެ. ނަމަވެސް ޕޮމްޕަސް އެލްބާޓް ބަލާލި މީހަކުވެސް އެހެން ހިތަށް ނާރާނެއެވެ. އެލްބާޓްގެ މޫނަށް ހަދައިގެން އިންނަ ގޮތުން، އެއީ މިދުނިޔޭގައި އުޅޭ އެންމެ ރުޅިގަދަ އަދި އެންމެ "ނުރައްޓެހި" ބުޅަލޭވެސް ހިތަށް އަރާފާނެއެވެ. ކަންމިހެންއޮތްނަމަވެސް، މިކަންވީ އެލްބާޓްގެ މަގުބޫލުކަން ސޯޝަލް މީޑިއާގައި ބޮޑުވި ސަބަބަކަށެވެ.

އެލްބާޓް ގެންގުޅޭ ފަރާތުން މި ބުޅަލަށް އިންސްޓަގްރާމް އެކައުންޓެއް ހުޅުވާދިނީ 2014 ވަނަ އަހަރުއެވެ. އަހަރެއްވީއިރު 40000 ފޭނުން ލިބިއްޖެއެވެ. މިއަދު އެލްބާޓްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކުރާ 228000 މީހުން އެބަތިއްބެވެ.

އެލްބާޓްގެ މަގުބޫލުކަމާއިއެކު ބަޒްފީޑްއާއި ޕީޕަލް މެގަޒިންއިންވެސް މި ބުޅާ ވަނީ ޖާގަ ހޯދާފައެވެ. މީގެ އިތުރުން ހޮންޑާއާއިއެކު އެލްބާޓްއަށް ލިބިފައިވާ ވިޔަފާރީގެ ޑީލްތަކާއިއެކު މި ބުޅާލަކީ މިހާރުގެ ބައެއް ޒުވާނުންނަށްވުރެވެސް މުއްސަނދި ބުޅަލަކަށްވެއްޖެއެވެ.

މި ބުޅަލަށް އެލްބާޓްގެ ނަން ދެވުނީ، މަޝްހޫރު ސައިންސްވެރިޔާ އެލްބާޓް އައިންސްޓައިންއާއި ވައްތަރުކަމަށްވެއެވެ.

އެލްބާޓް ބަލަހައްޓައިގެން އިން ގޮތުގެ އިތުރުން، އެ ބުޅާ ގެންގުޅޭ ފަރާތުން އިންސްޓަގްރާމްގައި އެލްބާޓްގެ ފަރާތުން ހިއްސާ ކުރާ މެސެޖުތަކަކީވެސް ހެއްވާ މަޖާ މެސެޖުތަކެއްކަން ފާހަގަކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލް